ވަޒީފާގެ ފުރުޞަތު
ނަންބަރު: WAMCO-AD/IUL/2016/058
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 18:07
ސުންގަޑި: 25 އޮގަސްޓް 2016 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޭޝިއަރެއްގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ

މަޤާމް :ކޭޝިއަރ
ބޭނުންވާ އަދަދު :1

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެ.

މަޤާމު

ކޭޝިއަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސިސްޓެންޓް

މުސާރައާއި ޢިނާޔަތްތައް

-/7,000 އާއި -/10,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް،އޮފީސް،ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް، އެމް.ޕީ.އެލް ސައިޓް

ބޭނުންވާ އަދަދު

01

 ޝަރުޠު

  1. އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެކައުންޓްސް މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތާ ގުޅުންހުރި ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެކައުންޓްސް މަސައްކަތާ ގުޅޭ ދާއިރާއިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ 3 ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތާ ގުޅުންހުރި ދާއިރާއިން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މި ކޯޕަރޭޝަންގެ އެމް.ޕީ.އެލް ސައިޓްގައި ދުވަހުން ދުވަހަށް ލިބޭ ފައިސާ ބަލައިގަތުން.
  2. އަދި ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ހިސާބު ބެލެހެއްޓުމާއި،
  3. މިނޫނަސް، އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

- މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ.

- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 

  • ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައިވާ) ކޮޕީ،
  • ޕޮލިސް ރިޕޯޓު (ނެގި ފަހުން 3 މަސްދުވަސް ހަމަނުވާ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި:

  • 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މައި އޮފީސް - ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިންޓަރވިއު:

  • އިންޓަރވިއުއާއި އިމްތިޙާން ކުރުން، އޮގަސްޓު 28 އިން 31 އަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.
  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
  • ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް - ނަންބަރު 3000581 / 7584070 އަށް ގުޅުއްވުން އެދެމެވެ.

14 ޛުލްޤަޢިދާ 1437

17 އޮގަސްޓް 2016