ތަމްރީނު
ނަންބަރު: (IUL)233-CA/233/2016/15
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 16:43
ސުންގަޑި: 24 އޮގަސްޓް 2016 14:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯސްޓަލް ނެވިގޭޝަން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒާއި، އއ. އަތޮޅުކައުންސިލާ ގުޅިގެން ކޯސްޓަލް ނެވިގޭޝަން ކޯހެއް އއ. މާޅޮހުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ކޯހުގެ މުއްދަތު:

150 ގަޑިއިރު (1 މަހާއި 10 ދުވަސް)  

ކިޔެވުން ފެށޭ ތާރީޚު:

ސެޕްޓެންބަރު 2016

ބައިވެރިވުމުގެ ޝަރުޠު:

  • ގްރޭޑް 7 ގެ ފެންވަރު ހުރުން. ނުވަތަ ތަޢުލީމީ ސެޓުފިކެޓެއް އޮތުން.
  • ނުވަތަ ކަނޑުމަތީގެ އުޅަނދެއްގައި 1 އަހަރުދުވަހަށްވުރެ މަދުނޫން މުއްދަތަކަށް މަސައްކަތްކޮށްފައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

ކޯހަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު

ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ

ސްކޫލް ލީވިންގ ސެޓުފިކެޓު / ގްރޭޑް 7 ނިންމިކަމުގެ ލިޔުން

ކަނޑުމަތީގެ އުޅަނދެއްގައި 1 އަހަރަށްވުރެ މަދުނޫން މުއްދަތެއްގައި މަސައްކަތްކޮށްފައިވާ ކަމުގެ ލިޔުން (ކައުންސިލުން އެޕްރޫވްކޮށްފައިވާ)

ކޯހުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފައިސާ:

  • ކޯސް ފީ: -/1،800 ރުފިޔާ (މުޅިކޯހަށް)
  • 4 ޗާޓު ގަތުމަށް: -/300 ރުފިޔާ
  • 1 ފޮތް ގަތުމަށް: -/105 ރުފިޔާ
  • އެޑްމިނިސްޓްރޭޓިވް ފީ: -/300 ރުފިޔާ

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ

އއ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްގެ އިދާރާތަކުންނާއި އއ. އަތޮޅު ކައުންސިލްގެ އިދާރާއިން.

ކޯހަށް އެދި ހުށަހެޅުމުގެ އެންމެފަހު ތާރީޚު:

2016 އޮގަސްޓު 24 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން. 

ފޯމު ހުށަހަޅާނީ އއ. އަތޮޅު ކައުންސިލް އިދާރާ ނުވަތަ އއ.އަތޮޅުގެ ރަށު ކައުންސިލްތަކުގެ އިދާރާއަށް.

އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 9975936 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. އެޕްލިކޭޝަނާއެކު ކޯހުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފައިސާ ދައްކަވަންޖެހޭނެއެވެ. ކޯސް ހިންގާ ރަށުގައި ހުރުމާއި، ކެއުންބުއިމުގެ ކަންކަމާއި، ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމަކީ ބައިވެރިވާ ފަރާތުގެ ކަމެކެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

11 ޛުލްޤަޢިދާ 1437

14 އޮގަސްޓް 2016