މަސައްކަތް
ނަންބަރު: (IUL)226-A/PRIV/2016/19
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 29 އޮގަސްޓް 2016 10:30
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އެން.އޯ.ސީ ބިލްޑިންގގެ ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭ:

އެން.އޯ.ސީ ބިލްޑިންގގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 29 ވާ ހޯމަދުވަހުގެ 10:30 އަށް އަތޮޅު ކައުންސިލުގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 އޮގަސްޓު 30 ވާ ބުދަދުވަހުގެ 10:30 އަށް އަތޮޅު ކައުންސިލުގެ އިދާރާއަށް ހާޒިރުވެ ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ޤަބޫލުނުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

70%

ޚިދުމަތުގެ އަގަށް ދޭ މާކްސް

މާކްސްދެވޭނީ މި ކައުންސިލްގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓްކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.  

(Benchmark price/submitted price) x Allocated percentage

ތަޖުރިބާ

20%

މިފަދަ މަސައްކަތެއް ކޮށްފައިވާ މުއްދަތު (އަހަރު)

މާކްސް ދެވޭނީ މި ކައުންސިލްގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން މި ދާއިރާގައި އެންމެ ގިނަ އަހަރު މަސައްކަތްކޮށްފައިވާ ފަރާތް ބެންޗުމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % (ޕަސެންޓެއް)

މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މިދާއިރާގައި އެންމެ ގިނަ އަހަރު ޚިދުމަތްދީފައިވާ ފަރާތަށެވެ.   

(Submitted years of experience / Benchmark years) x Allocated percentage

ކުންފުނި، ކުލަބް / ޖަމުޢިއްޔާ

10%

ކުންފުނި، ކުލަބް / ޖަމުޢިއްޔާ

މިގޮތުން ގަވާއިދުން ރަޖިސްޓަރީވެގެން ހިންގާ ކުންފުނި، ކުލަބް / ޖަމުޢިއްޔާއެއްނަމަ

 

12 ޛުލްޤަޢިދާ 1437

15 އޮގަސްޓް 2016