ދިވެހިރާއްޖެ
އިޢުލާން
ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫގައި ޤާއިމުކުރެވޭ ނެޓްބޯޅަކޯޓާއި 2 ވޮލީކޯޓުގެ މަސައްކަތްތައްކުރަން ބޭނުންވެއެވެ.
ވީމާ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މިންގަނޑާއި، މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 24 ވާ ބުދަދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
ފޯމާއެކު ދޫކުރެވޭ މަޢުލޫމާތުކަރުދާސް ދޫކުރެވޭނީ އެއްލައްކައިން ދަށް -/100 (އެއްސަތޭކަ) ރުފިޔާ، އެއްލަކައާއި ފަސްލައްކައާ ދެމެދު -/200 (ދުއިސައްތަ) ރުފިޔާ، ފަސްލައްކައިން މަތި -/500 (ފަސްސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.
އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީއުރައިގެ ބޭރުގައި "ބިލެތްދޫގައި ޤާއިމުކުރެވޭ ނެޓްބޯޅަކޯޓާއި 2 ވޮލީކޯޓުގެ އަންދާސީހިސާބު" މިހެން ލިޔުމަށްފަހުގައެވެ.
ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަން:
- މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ބޭފުޅުންގެ އަންދާސީހިސާބުތައް
- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް
- ގަޑިޖެހުމަށްފަހު ގެންނަ އަންދާސީހިސާބުތައް
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް
- މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް
- އަންދާސީހިސާބު ހުށަހެޅުމަށް މި އިދާރާއިން ދޫކުރާ ފޯމުގައިވާ ގޮތާ ޚިލާފަށް ހުށަހަޅާ އަންދާސީހިސާބު
5 ޛުލްޤަޢިދާ 1437