ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-131/2016/14
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 24 އޮގަސްޓް 2016 14:00
ކިހާދޫ ސްކޫލް، ބ. ކިހާދޫ
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

މި ސްކޫލުގެ ނަންބަރު GS-131/2016/07 (9 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން ކުރެވިފައިހުރި ބައެއް މަސައްކަތްތައް ރަނގަޅު ނޫންކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގަވާފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

   މަޤާމު:                     މަސައްކަތު

   ބޭނުންވާ އަދަދު:                1

   ރޭންކް:                     އެސް.އެސް 1

   ކްލެސިފިކޭޝަން:                ސަޕޯޓް ސްޓާފް ގްރޭޑް1

   މުސާރަ:                    -/3100 ރުފިޔާ

   ސަރވިސް އެލަވަންސް:            -/1000 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:              ކިހާދޫ ސުކޫލް

   ގިންތި:                      ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      އެޑްމިން ސެކްޝަން / ކިހާދޫ ސުކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕްރީސްކޫލް ދަރިވަރުން ފާޚާނާއަށް ދިއުމުގެ ކަންކަމުގައި އެހީތެރިވުން.
  • ހަމަޖެހިފައިވާ އުސޫލުން މަދަރުސާގެ ގޯތިތެރެއާއި މަގުމަތިން ހަވާލުކުރެވިފައިވާ ސަރަހައްދު ކުނިކަހައި ސާފުކުރުން.
  • ކްލާސްތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  • ހަވާލުކުރެވިފައިވާ ކްލާސްތަކުގެ ފަރުނީޗަރުތައް ހިރަފުސްފޮޅައި ސާފުކޮށް ތަރުތީބުކޮށް ބެލެހެއްޓުން.
  • ސްކޫލުގެ ކިޔެވުން ނިމުމުން، ކްލާސްތަކުގެ އެންމެހައި ކުޑަދޮރުތައް ހުރީ ތަންޑު އެޅުވިފައިކަން ކަށަވަރުކުރުމާއި، ބޮޑުދޮރު ލައްޕާފައި ބެހެއްޓުން.
  • ހަވާލުކުރެވިފައިވާ ސަރަޙައްދުގައި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެކަން ވަގުތުން އިސްވެރިޔަކަށް އެންގުން.

1. ސްކޫލުގެ އެހެނިހެން ޢިމާރާތްތައް ސާފުކޮށް ބެލެހެއްޓުން.

  • ސްކޫލުގައިހުންނަ އެހެނިހެން ޢިމާރާތްތަކުގެ ތެރެއިން ސްކޫލުން ހަވާލުކުރާ ޢިމާރާތްތަކާއި އެ ޢިމާރާތުގައިވާ ފަރުނީޗަރުތައް ފޮޅައި ސާކުރުން.
  • ސްކޫލުގެ ފާޚާނާ ޢިމާރާތް ސާފުކޮށް ބެލެހެއްޓުމާއި، އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، ސްކޫލުގެ އިދާރާއަށް އެކަން އަންގައި ރަނގަޅުކުރުން.

2. ސްކޫލުގެ މުވައްޒަފުންނަށް ދާއިރާއާ ގުޅުންހުރި ކަންކަމުގައި އެހީތެރިވެދިނުން.

   - ސްކޫލުގެ އިދާރީ މުވައްޒަފުންނާއި މުދައްރިސުން، ސްކޫލާ ގުޅުންހުރި ކަމެއް ކޮށްދިނުމަށް އެދިއްޖެނަމަ އެދުނުކަމެއް ކޮށްދިނުން.

3. އިތުރު ހަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުން.

  • ސްކޫލުގެ ދަރިވަރުންނާއި ސްކޫލުގެ ކުރިއެރުމަށް ރާވައިގެން ހިންގޭ އިތުރު ޙަރަކާތްތަކުގައި ބައިވެރިވާން ސްކޫލުން އަންގައިފި ޙާލަތެއްގައި އެކަމެއްގައި ޢަމަލީގޮތުން ބައިވެރިވެ، އެކަމެއް ކާމިޔާބުކުރުމަށް މަސައްކަތްކުރުމާއި، އެފަދަ ޙަރަކާތެއްގައި އިސްކޮށް ޙަރަކާތްތެރިވުމަށް ހަވާލުކުރެވިއްޖެނަމަ، އެ ޙަރަކާތެއް ބާއްވައިގެން ކާމިޔާބުކަމާއެކު ކޮށް ނިންމުން.
  • ސްކޫލުގައި ފާހަގަކުރާ ދުވަސްތަކާއި، މުނާސަބަތުތަކުގައި ހަވާލުކުރެވޭ ކަންތައްތައް ކަނޑައެޅިފައިވާ ގަޑިއަށް ފަރުވާތެރިކަމާއެކު ކޮށް ނިންމުން.

4. މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން

   ހަވާލުކުރެވިފައިވާ މަސައްކަތެއް ހަވާލުކުރެވުނު މުއްދަތަށް އެއްވެސް ސަބަބަކާހުރެ ނިންމުމަށް އުޒުރުވެރިވެއްޖެނަމަ، ކުރިޔާލައި އެކަން ސްޕަވައިޒަރަށް އަންގައި، ސްޕަވައިޒަރުގެ ލަފާގެމަތިން ދެން ކުރިއަށްދާންވީ ކިހިނެއްތޯ ބަލައިގެން އެގޮތަކަށް ޢަމަލުކުރުން.

   ޗުއްޓީއާއި، ސަލާމާއި، ޢާއިލީ ޒިންމާގައި ހުރުމަށްފަހު ވަޒީފާއަށް ނިކުންނައިރު، ހަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ނުނިމިވާނަމަ، ނިކުންނަތާ ހަފުތާއެއްގެ ތެރޭގައި އެ މަސައްކަތްތައް ނިންމުން.

5. ބަދަލު އިންތިޒާމު

  • އޮފީހުގެ އެހެން މުވައްޒަފަކަށް ހަވާލުކުރެވިފައިވާކަމެއް އެ މުވައްޒަފުގެ ބަދަލުގައި ކުރަން ހަވާލުކުރެވިއްޖެނަމަ، އެކަމެއް ކުރަން ރޭވިފައިވާގޮތަށް، ކަނޑައެޅިފައިވާ ވަގުތަށް ފުރިހަމަކޮށް ކާމިޔާބުކަމާއެކު ނިންމުން.

6. އެހެނިހެން މަސައްކަތްތައް.

  • ހަވާލުކުރެވިފައިވާ ސަރަޙައްދުގައިވާ ގަސްތައް ކޮށަންޖެހިއްޖެ ޙާލަތެއްގައި ކޮށުން.
  • ހަވާލުކުރެވިފައިވާ ސަރަޙައްދުގައިވާ ވިނަ ނޮޅަންޖެހޭ ތަނެއްވާނަމަ ވިނަ ނޮޅުން.
  • ހަވާލުކުރެވޭ ސަރަޙައްދުގައިވާ ދިޔަދޮވިތަކާއި ފުރާޅު ސާފުކުރަން ޖެހިއްޖެ ޙާލަތެއްގައި ސާފުކުރުން.
  • ފެންތާނގީތައް ސާފުކުރަން ޖެހިއްޖެ ޙާލަތެއްގައި ސާފުކޮށް ފެން ނެގުން.
  • ސްކޫލުން މުދައްރިސުންނާއި ބެލެނިވެރިންނާއި ދަރިވަރުންނަށް ޚިދުމަތެއް ފޯރުކޮށްދޭން އެންގިއްޖެ ޙާލަތެއްގައި، އެ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުން.
  • ފޯރުކޮށްދޭ ޚިދުމަތަކީ ސްކޫލަށް އެންމެ ފައިދާހުރިގޮތުގައި ޚަރަދުކުޑަކޮށް ފޯރުކޮށްދެވުނު ޚިދުމަތެއްކަން ކަށަވަރުކުރުން.
  • ސްކޫލުގެ މުދައްރިސުންނާއި، ބެލެނިވެރިންނާއި، އެކުގައި މަސައްކަތްކުރާ އެހެނިހެން ފަރުދުންނާ ގާތް ގުޅުމެއް ބާއްވައި އިޙުތިރާމްކުރުން.

ޝަރުޠު:

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު.
  • ހުށަހަޅާފައިވާ މަސައްކަތުގެ ތަޖުރިބާ.
  • ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚުލާޤު.
  • އިންޓަރވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަރވިއުކޮށްގެން ލިބޭ މާކްސް.
  • މި ވަޒީފާއަށް އަންހެން ބޭކަނބަލަކު ނެގުމަށް އިސްކަންދެވޭނެއެވެ.

އިންޓަރވިއު ކުރުން

ހ. މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު 2016 އޮގަސްޓު 29 ، 30 މި ދެދުވަހު ކިހާދޫ ސްކޫލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ސްކޫލް އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ގާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ގާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ސްކޫލް އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮގަސްޓު 24 ވާ ބުދަދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި ދާއިމީ ވަޒީފާ ހަމަޖެހެންދެން ވަގުތީ ކޮންޓްރެކްޓްކޮށް ވަޒީފާއަށް ނެގުމަށްވެސް ގަސްދުކުރެވިފައިވެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ސްކޫލުގެ ނަންބަރު 6600017 ފޯނަށް ގުޅުއްވުން އެދެމެވެ.

14 އޮގަސްޓް 2016