ދިވެހިރާއްޖެ
އިޢުލާން
މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށްގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ:
މި ކޯޓުގެ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 2016 އޮގަސްޓު 23 ވަނަ ދުވަހުގެ 11:00 އަށް މި ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 28 އޮގަސްޓު 2016
އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ މެޖިސްޓްރޭޓް ކޯޓު
11 ޛުލްޤަޢިދާ 1437