މަސައްކަތް
ނަންބަރު: (IUL)167-PR/1/2016/48
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 25 އޮގަސްޓް 2016 10:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މި ސާރވިސްގެ އޭސީ މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސަރވިސްގެ އެއަރކަންޑިޝަންތައް މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް:

މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާލޭ ޖަލާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރ އަދި އެމް.ސީ.އެސްގެ ހެޑް އޮފީހުގައި ހަރުކޮށްފައިވާ އެއަރކަންޑިޝަންތައް މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: (IUL)167-PR/1/2016/43 އަށް އަންދާސީހިސާބު ހުށަހެޅުމަށް އެއްވެސް ފަރާތެއް ހާޒިރުނުވާތީ އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚ

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

25 އޮގަސްޓު 2016

ބުރާސްފަތި

10:00

އަންދާސީހިސާބު ހުށަހެޅުން

30 އޮގަސްޓު 2016

އަންގާރަ

10:00

13 ޛުލްޤަޢިދާ  1437

18 އޮގަސްޓް 2016