ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)425-C1/1/2016/13
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 29 އޮގަސްޓް 2016 13:30
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑޭޓާ ޕްރޮސެސިންގ އޮފިސަރ

3 އޮގަސްޓު 2016 ގައި މި މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު (IUL)425-C1/1/2016/12 އަށް އެކަށީގެންވާވަރަށް މީހުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، އެމަޤާމަށް އަލުން އިޢުލާން ކުރަމެވެ.

އިޢުލާން

ޑޭޓާ ޕްރޮސެސިންގ އޮފިސަރ

މަޤާމުގެ ރޭންކް:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް:

ކޯޕަރޭޓް މެނޭޖްމަންޓް / އައި.ސީ.ޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީކައުންސިލުގެ އިދާރާ

މުސާރަ:      

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ބޭނުންވާ އަދަދު:

1(މަޤާމުގެ ނަންބަރު: J-215971)

މަޤާމުގެ ޝަރުޠު:

1- އިންފޮމޭޝަން ޓެކްނޮލޮޖީ / ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- އިންފޮމޭޝަން ޓެކްނޮލޮޖީ / ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3- އިންފޮމޭޝަން ޓެކްނޮލޮޖީ/ ސިސްޓަމް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

 

1. އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީއާއެކު އޮފީހުގެ މަސައްކަތް އަވަސްކޮށް ފަސޭހަކުރުމަށްޓަކައި ހިންގަންޖެހޭ  އޮފީސް އޮޓޮމޭޝަން ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވެދިނުން.

2. އޮފީހުގެ ސާވަރ އަޕްޑޭޓްކޮށް މެއިންޓެއިން ކުރުން.

3. އޮފީހުގެ ކޮމްޕިއުޓަރ ނެޓްވާރކް މެއިންޓެއިންކޮށް ބަލަހައްޓައި، އިތުރު ކޮމްޕިއުޓަރތަކަށް ނެޓްވާރކް ކަނެކްޝަން ދިނުމުގެ މަސައްކަތް ކުރުން.

4. އޮފީހުގެ ޕޮލިސީއާ އެއްގޮތަށް މުވައްޒަފުންނަށް ނެޓްވާރކް ރިސޯސްތަކަށް އެކްސެސް ދިނުމާއި ސެކިއުރިޓީ ބެލެހެއްޓުން.

5. އޮފީހުގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ޖެހޭ މައްސަލަތައް ޙައްލުކޮށް މެއިންޓެއިން ކުރުމުގެ ކަންތައްތައް ކުރުން.

6. އޮފީހުގެ އިންޓްރާނެޓާއި އިންޓަރނެޓް މެއިންޓެއިންކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

7. އެން.ސީ.އައި.ޓީ ގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އީ ގަވަރމަންޓާއި އީ އެޑްމިން އާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މުވައްޒަފުންނަށް އެހީތެރިވެދިނުން.

8. ސެކްޝަނުން ލިޔަންޖެހޭ އެންމެހައި ލިޔެކިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 

9. މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ހޯދައި ބެލެހެއްޓުން.

10. އޮފީހުގެ ޕީ.އޭ.ބީ އެކްސް ސިސްޓަމް ބެލެހެއްޓުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އިންފޮމޭޝަން ޓެކްނޮލޮޖީ/ ސިސްޓަމް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވައި، މަސައްކަތުގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ ފަރާތްތައް

އުޖޫރައާއި އިނާޔަތްތައް:   

  • ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތް ދެވޭނެ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކުރަންޖެހޭ ލެވެލްގެ ސެޓުފިކެޓުތައް ހުށަހަޅުއްވާނީ އެކްރެޑިޓް ކުރެއްވުމަށްފަހު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު އެޓެޗް ކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ އެ ނަމޫނާގައިވާ އެންމެހާ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައި)
  • ސިވިލްސަރވިސް ވަޒީފާއެއްގައިހުރި މުވައްޒަފެއްނަމަ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ    ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ހުށަހަޅުއްވަންވާނެއެވެ.
  • ސިވލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  • އަދާކޮށްފައިވާ ވަޒީފާތައް އެނގޭނޭ ތަފުސީލީ ލިޔުމެއް، ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ

ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުން:

2016 އޮގަސްޓު 29 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، ހުރަވީ ބިލްޑިންގގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިންޓަރވިއު އޮންނަ ދުވަހާއި ތަން:

 

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކާ އިންޓަރވިއުކުރުމަށް 2016 ސެޕްޓެންބަރު 6 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ގުޅާނެ ވާހަކަ ދަންނަވަމެވެ. އަދި އިންޓަރވިއު ކުރިޔަށްދާނީ މާފަންނުގައި ހުންނަ މާލޭ ސިޓީ ކައުންސިލުގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމުތަކަށް އިންޓަރވިއު ކުރުމަށް ގުޅާނީ މެރިޓް އުސޫލުން ބަލައި ޝޯޓްލިސްޓް ކުރުމަށްފަހު 5 ފަރާތަށް ކަމުގައި ދަންނަވަމެވެ.
  • މި ވަޒީފާއާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު 7989840 / 3306727 އަށެވެ.

12 ޛުލްޤަޢިދާ 1437

15 އޮގަސްޓް 2016