ދިވެހިރާއްޖެ
އިޢުލާން
މާފުށީ ޖަލުގައި ހެދުމަށް ހަމަޖެހިފައިވާ ޔުނިޓް 4,3,2 ގެ އޮފީސް ޢިމާރާތްކުރުމާބެހޭ:
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާފުށީ ޖަލުގައި ހެދުމަށް ހަމަޖެހިފައިވާ 4،3،2 ގެ ޔުނިޓް އޮފީސް ދެބުރިއަށް ޢިމާރާތްކުރުމަށްޓަކައި އެ ޢިމާރާތުގެ ކޮންސެޕްޓް ޑިޒައިނާއި ޑީޓެއިލް ޑްރޯއިންއާއި ބީއޯކިއޫ އަދި ޢިމާރާތްކުރާނޭ ފަރާތެއް ހޯދުމަށްކުރެވުނު ނަންބަރު (IUL)167-PR/1/2016/44 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ތިންފަރާތުން ހާޒިރުނުވާތީ، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
25 އޮގަސްޓު 2016 |
ބުރާސްފަތި |
14:00 |
އަންދާސީހިސާބު ހުށަހެޅުން |
01 ސެޕްޓެންބަރު 2016 |
ބުރާސްފަތި |
14:00 |
12 ޛުލްޤަޢިދާ 1437