މަސައްކަތް
ނަންބަރު: B-MAI/IUL/2016/31
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 22 އޮގަސްޓް 2016 10:00
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި މަދަރުސާގެ ނަންބަރު B-MAI/IUL/2016/25 (1 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކުރަމެވެ.

1- 136 ތަށި (ސްކޫލުން ބޭނުންވާ ސައިޒުތަކުގައި ލިޔުންކޮޅު ހަރުކޮށް)

2- 100 ޝީލްޑް (ސްކޫލުން ބޭނުންވާ ގޮތަށް ތައްޔާރުކޮށް)

3- 11 ސޭޝް (ސްކޫލުން ބޭނުންވާ ގޮތަށް ތައްޔާރުކޮށް)

4- 440 މީހުންގެ ސައިފޮދު

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި މަދަރުސާއަށް (އަމީނިއްޔާ ސްކޫލުގެ ކުރިމަތި / ޗާނދަނީމަގު) ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 10:00 އަށް

2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް

13 ޛުލްޤަޢިދާ 1437

16 އޮގަސްޓް 2016