ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)330-A/330/2016/56
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:38
ސުންގަޑި: 28 އޮގަސްޓް 2016 14:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު:

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ  

ބޭނުންވާ އަދަދު: 01

މަޤާމުގެ ރޭންކް: ޖީ އެސް 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަޤާމުގެ ނަންބަރު: J-227069

އޮފީސް / އިދާރާ: މާލެއަތޮޅު ކާށިދޫ ކައުންސިލުގެ އިދާރާ

ޔުނިޓް: ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން: މާލެއަތޮޅު ކާށިދޫ ކައުންސިލުގެ އިދާރާ

މުސާރަ: މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1 ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން ވަޒީފާތަކަށް މުވައްޒަފުން ހޯދުމާއި މުވައްޒަފުން ވަކިކުރުމާބެހޭ އެންމެހައި  ކަންތައް ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ކުރުން.

2 ޒިންމާދާރުވެރިޔާގެ މަޝްވަރާގެމަތިން މުވައްޒަފުންނާމެދު ފިޔަވަޅު އެޅުމާއި، އަންގަންޖެހޭ އެންގުންތައް އެންގުން.

3. ސިވިލް ސަރވިސްގައި ނުހިމެނިނަމަވެސް ކައުންސިލުގެ އިދާރާއަށް ހޯދަންޖެހޭ މުވައްޒަފުން ހޯދުމާއި، އެކަމާބެހޭ އެންމެހައި ކަންތައް ހިންގައި ބެލެހެއްޓުން. (ރެކޯޑު ބެލެހެއްޓުން)

4. ވަކި މުވައްޒަފަކާ ހަވާލުކޮށްފައިނުވާ، ރަށުކައުންސިލުން ދޭންޖެހޭނެކަމަށް ޤާނޫނަކުން ކަނޑައަޅާ ޚިދުމަތްތައް ދިނުން.

5. ކައުންސިލުގެ އުމުރުގެ ތެރޭގައި ކައުންސިލުގެ މެމްބަރަކު ނުވަތަ މެމްބަރުންތަކެއް ވަކިވެއްޖެނަމަ، ލަސްވެގެން 45 ދުވަހުގެ ތެރޭގައި ކައުންސިލަށް މެމްބަރު ނުވަތަ މެމްބަރުން އިންޠިޚާބުކުރުމުގެ ކަންތައް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ކުރުން.

6. އިލެކްޝަންސް ކޮމިޝަނުން ރާވައި އުސޫލެއްގެ މަތީން އިންތިޚާބުތަކާބެހޭ އެންމެހައި ކަންތައް ހިންގައި ބެލެހެއްޓުން. (ލިޔެކިޔުން ބަދަލުކުރުމާއެކު)

7. ލާމަރުކަޒީ ޤާނޫނުގެ 108 ވަނަމައްދާގެ ހ. އާއި ށ. ގައި ބުނެފައިވާ ރިޕޯޓް ތައްޔާރުކޮށް މުއްދަތަށް ފޮނުވުން.

8. ލާމަރުކަޒީ ޤާނޫނުގެ 109 ވަނަމާއްދާގެ ހ. (ކޮންމެ އަހަރެއްގެ ޖުލައި 10 ވަނަދުވަހުގެ ކުރިން ވޭތުވެދިޔަ 6 މަހު) ، ށ (ކޮންމެ އަހަރެއްގެ ޖަނަވަރީ 10 ވަނަދުވަހުގެ ކުރިން ވޭތުވެދިޔަ 6 މަހު) ކައުންސިލުން ހިންގި ހަރާކާތްތަކުގެ ރިޕޯޓް ތައްޔާރުކޮށްފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

9. ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ހުނަރުވެރިކަން ފާހަގަކޮށް އެފަދަ ފުރުޞަތުތައް މުވައްޒަފުންނަށް ހަމަހަމަ އުސޫލަކުން ހޯދައިދިނުން.

10. އިދާރާއަށް ޒިޔާރަތް ކުރާ އިއްޒަތްތެރިންނަށް މަރުހަބާ ދެންނެވުމާއި، މެހުމާންދާރީ އަދާކުރުމުގެ ކަންތައް އިންތިޒާމުކޮށް ބެލެހެއްޓުން.

11. ކައުންސިލް އިދާރާއިން ބައިވެރިވާ ނުވަތަ ބައިވެރިކުރާ މުބާރާތްތަކުގެ އިދާރީ މަސައްކަތްތައް ކުރުވުމާއި ބެލެހެއްޓުމުގެ އިތުރުން ކައުންސިލް އިދާރާއިން ފާހަގަކުރާ ދުވަސްތަކުގެ އިދާރީ އެންމެހައި ކަންތައް ބެލެހެއްޓުން.

12. މީގެއިތުރުން ކައުންސިލް އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން އިދާރާގެ ވެރިން އަންގަވާ ކަންތައްތައް ކުރުމާއި، އެހެން މުވައްޒަފުންނަށް އެހީތެރިވެދިނުން.

13. ކައުންސިލް އިދާރާއަށް ލިބޭ އެކިއެކި ކޯސް، ވާރކްޝޮޕް، ބައްދަލުވުން، ސެމިނަރތަކަށް ފޮނުވާނެ ފަރާތްތަކާއި، ފޯކަލް ޕޮއިންޓުގެ ގޮތުގައި ކަނޑައަޅަންޖެހޭ ފަރާތްތައް ސެކުޝަން ހެޑުގެ މަޝްވަރާގެ މަތިން ކަނޑައަޅާ އަންގަންޖެހޭ ފަރާތްތަކަށް ގަވާއިދުން އެންގުން.

14. ވަޒީފާ ބަޔާނުން ލާޒިމުކުރާ އެންމެހައި ކަންތައްތައް ރޭވުމާއި، ހިންގުމާއި، ތަރައްޤީކޮށް ބެލެހެއްޓުން.

15. މިއިދާރާ ހުޅުވައިލައްޕަންޖެހޭ ޙާލަތްތަކުގައި އެކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1 - ތަޢުލީމާއި ތަމްރީނު.

2 - މަސައްކަތުގެ ތަޖުރިބާ.

3 - އިންޓަރވިއު.

4 - ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިފައިވާ މިންވަރު.

5 - ވިސްނުންތޫނުކަމާއި ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.

އިންޓަރވިއުއާއި، އިމްތިޙާނާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، މާލެއަތޮޅު ކާށިދޫ ކައުންސިލުގެ އިދާރާގައެވެ. އިންޓަރވިއު އޮންނާނީ، އިޢުލާނަށް މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 5 ދުވަހުގެ ތެރޭގައެވެ. އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 އޮގަސްޓު 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މާލެއަތޮޅު ކާށިދޫ ކައުންސިލުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް، އީމެއިލާއި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] ފެކްސް ނަންބަރަކީ، 6645377 އެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، އަދާކުރި މަޤާމާއި، މަޤާމުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުން.)

5- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް

7- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

8– މަޤާމަށް އެދި ހުށަހަޅާ ފޯމުގެ ބޭރުފުށުގައި އިޢުލާން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6645377 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6645377 އެވެ. އީ-މެއިލް ކުރާނީ، [email protected] އަށެވެ.

16 އޮގަސްޓް 2016