ދިވެހިރާއްޖެ
މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. ކަލައިދޫ ގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ލޯނަށް އެދުމުގެ ފުރުޞަތު
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި، އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލ. ކަލައިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތްކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ އިތުރު ފުރުޞަތު 18 އޮގަސްޓު 2016 އިން ފެށިގެން 24 އޮގަސްޓު 2016 އަށް ހުޅުވާލަމެވެ. މިކަމަށް އެދި ލޯނަށް އެދޭ ފޯމާއި، ލޯނާބެހޭ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް، www.fishagri.gov.mv އިންނާއި ކަލައިދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
ލޯނަށް އެދި ފޯމު ހުށަހަޅާނީ ކަލައިދޫ ކައުންސިލްގެ އިދާރާއަށެވެ. ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮގަސްޓު 24 ވަނަ ދުވަހުގެ 10:00 އެވެ. ލޯނަށް އެދުމުގެ މުއްދަތު ހަމަވުމުން، ޝަރުޠު ހަމަވާ ފޯމުތައް ވަޒަންކޮށް، ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކަށް ޖަވާބު ދެވޭނެއެވެ.
ހުއިފިލަނޑާ ބޮޑުކުރުމުގެ މި މަސައްކަތަށް ދޫކުރާ ލޯނު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ތިރީގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާން ޖެހޭނެއެވެ. މި ޝަރުޠު ފުރިހަމަނުވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމު ބާޠިލުކުރެވޭނެއެވެ.
- ފޯމު ހުށަހަޅާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނެއް މި ވަގުތު އަދާކުރަމުންދާ ފަރާތެއްނަމަ، މުޅި ލޯނުގެ %50 އަދާކޮށްފައިވާ ފަރާތެއް ކަމުގައިވުން
- އުމުރުން 18 އަހަރު ފުރިފައިވުން