ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: :FNK-K(T)/FNK/IUL/2016/082
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 25 އޮގަސްޓް 2016 00:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޭބަލް ގަތުމާ ބެހޭ

އިޢުލާން

ކޭބަލް ގަތުމާ ބެހޭ

މި ކުންފުންޏަށް ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް ކޭބަލް ގަންނަން ބޭނުންވެއެވެ.

S/N:

Description

Unit

Qty

01

Armoured cable 04 core 95sqmm

Meter

475

 

ހުށަހަޅަންވީ ތަކެތި:

  • މި ތަކެތި ސަޕްލައިކޮށްދެވޭނެ އަގު. (އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީއަށްވާ ޖުމުލަ އަދަދު ވަކިން އެނގޭނެހެން.)
  • ސަޕްލައިކޮށްދެވޭނެ މުއްދަތު:
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މި މަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)

އަންދާސީހިސާބުގައި ޕޮއިންޓް ދެވޭ ގޮތް:

  • އަގަށް (ދިވެހި ރުފިޔާ) 45 ޕޮއިންޓް

    ހުށަހެޅޭ އެންމެހެޔޮ އަގު / ހުށަހެޅި އަގު × 45

  • ބިލަށް ފައިސާދެއްކުމަށް ދެވޭ މުއްދަތު (ދުވަސް) 10 ޕޮއިންޓް

    ފައިސާ ދެއްކުމަށްދެވޭ މުއްދަތު × 10

  • ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު (ދުވަސް) 45 ޕޮއިންޓް

    ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 45

އަންދާސީހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

Managing  Director

Fenaka Corporation Ltd

IulaanNo: FNK-K(T)/FNK/IUL/2016/082

Port Complex.7th Floor

HilaaleeMagu,

Maafannu

Male’

މެނޭޖިންގ ޑިރެކްޓަރ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

އިޢުލާން ނަންބަރު:FNK-K(T)/FNK/IUL/2016/082

ޕޯޓް ކޮމްޕްލެކްސް، 7ވަނަ ފަންގިފިލާ

ހިލާލީމަގު، މާފަންނު

މާލެ

ބިޑް ހުޅުވުމަށް ހަމަޖެހިފައި ވަނީ 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ގެ ޖަލްސާ ކުރާ މާލަމުގައި، މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 25 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރުވެސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ. މި ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައި ވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3018131 ނަންބަރު ފޯނު މެދުވެރިކޮށް ޓެންޑަރ އެންޑް ފޮރިން ޕާޗޭސް ޑިވިޜަނަށެވެ.

15 ޛުލްޤަޢިދާ 1437

 

     

 

 

18 އޮގަސްޓް 2016