ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު |
|
މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ އަދަދު: 1 |
މަޤާމުގެ ރޭންކް: ޖީ. އެސް 4 (ޖެނެރަލް ސަރވިސް 4) |
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 |
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ، ކޮޅުމަޑުލު ކިނބިދޫ |
މަޤާމުގެ ގިންތި: ދާއިމީ |
މުސާރަ: -/5020 ރުފިޔާ |
ސަރވިސް އެލަވަންސް: -/1500 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: 1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 2- ބަންދުދުވަހުގައި މަސައްކަތް ކޮށްފިނަމަ ބަންދުދުވަހުގެ ފައިސާ 3- ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް 1- ބަޖެޓާއި ތިޖޫރީއާއި، ރެވެނިއު 1،2 އެކައުންޓާއި، ޚަރަދު 1،2 އެކައުންޓާއި ތިޖޫރީ ލޮގް ލިޔެ ބެލެހެއްޓުން. 2- ބަޖެޓާއި ތިޖޫރީރިޕޯޓާއި ރެވެނިއު 2 އެކައުންޓާއި ޚަރަދު 2 އެކައުންޓްރިޕޯޓާއި ރީކޮންސިލޭޝަންރިޕޯޓް ކޮންމެ މަހަކު ފޮނުވުމާއި، އަހަރީ މާލީ ބަޔާނާއި ފައިނޭންޝަލްރިޕޯޓާއި، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރިޕޯޓާއި، މިނޫންވެސް ފައިސާއާ ބެހޭގޮތުން ފޮނުވަންޖެހޭ ހުރިހާ ރިޕޯޓެއް ހަދައި މުއްދަތަށް ފޮނުވުން. 3- ބަލައިގަންނަންޖެހޭ ހުރިހާ ފައިސާއެއް ބަލައިގަނެ ރަސީދު ދޫކުރުމާއި، ލިބޭފައިސާގެ ދުވަހުފޮތް ފުރިހަމަކޮށް ބެލެހެއްޓުން. 4- މުވައްޒަފުންނަށް މަހުން މަހަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތްތަކާއި، އަހަރުން އަހަރަށް ދޭންޖެހޭ ޢިނާޔަތްތަކުގެ ޝީޓާއި، އެހެނިހެން ފައިސާގެ ޝީޓާއި، ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ގަވާއިދުން ފޮނުވުން. 5- ހަވާލުކުރަންޖެހޭ އެންމެހައި ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން. 6- ޕެންޝަންފަންޑަށް ކަނޑާ ފައިސާގެ ރެކޯޑު ބެލެހެއްޓުމާއި، ފައިސާއާބެހޭ އެންމެހައި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން. 7- ނީލަން ކިޔައިގެން ލިބޭ ފައިސާ ހޯދައި ބަލައިގަނެ ރަސީދު ދޫކުރުމާއި، ކްރެޑިޓް ސްކީމްތަކަށް ލިބޭ ފައިސާ، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އެކަމާބެހޭ ރެކޯޑުތައް ބެލެހެއްޓުން. 8- ބިމު ކުލީގެ ފައިސާ ބެލެހެއްޓުމާއި، ކުލީ ބިންތަކުގެ ރެކޯޑު ބެލެހެއްޓުން. 9- މުދަލުޒަކާތާއި ފިޠުރުޒަކާތަށް ލިބޭ ފައިސާއާއި ތަކެތި އޭގެ ޙައްޤުވެރިންނަށް ބަހައިދިނުން. 10- ކައުންސިލަށް ލިބެންޖެހޭ މިހާތަނަށް ނުލިބިހުރި ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެފައިސާގެ ރެކޯޑުތައް ބަލަހައްޓަމުން ގެންދިއުން. 11- ޗެކް ރަޖިސްޓަރީއާއި، ވައުޗަރ ރަޖިސްޓަރީއާއި، ފައިސާ ލިބޭ ކަންތައްތަކުގެ ރަޖިސްޓަރީއާއި، ގަޑީލާރިއާއި ޖޫރިމަނާއަށް ލިބޭފައިސާގެ ރަޖިސްޓަރީ ލިޔެ ބެލެހެއްޓުން. 12- ކައުންސިލަށް ލިބޭ އައި.ޑީ. ކާޑު ބަލައިގަތުމާއި، ފައިސާ ދެއްކުމުން ކާޑު ދޫކޮށްދިނުން. 13- ވިޔަފާރި ކުލީގެ ފައިސާ ބެލެހެއްޓުމާއި ވިޔަފާރިކުރާ ތަންތަނުގެ ރިކޯޑު ބެލެހެއްޓުން. 14- އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
|
ފެންވަރު ނުވަތަ ޝަރުޠު 1- އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް، ފައިނޭންސް، އެކައުންޓިންގ، ބިޒިނަސް، ކޮމާސް، މެތަމެޓިކްސްގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ 2- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ 3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. |
|
ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް 1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ 3- މަސައްކަތުގެ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލް) |
|
އިންޓަރވިއުއާއި ޕްރެޒެންޓޭޝަން - މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 1 ސެޕްޓެންބަރު 2016 އިން ފެށިގެން 8 ސެޕްޓެންބަރު 2016 އާ ދެމެދު ކިނބިދޫ ކައުންސިލުގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއާއި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުމަށްވެސް ދަންނަވަމެވެ. - އިންޓަރވިއުއަށް ވަޑައިގަންނަވަންޖެހޭ ތާރީޚާއި ގަޑި، ކުރިމަތިލައްވާ ފަރާތްތަކަށް މިއިދާރާއިން އަންގައިދެވޭނެއެވެ. - އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ ޝަރުޠު ފުރިހަމަވާ މީހުން ޝޯޓްލިސްޓު ކުރުމަށްފަހު ހޮވޭ ފަރާތްތަކާ އެކަންޏެވެ. - އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ވަޒީފާއަށް އެދި ހުށަހަޅުއްވާފައިވާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ. ޝޯޓްލިސްޓްކުރުން. މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: 2016 އޮގަސްޓު 30 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކޮޅުމަޑުލު ކިނބިދޫ ކައުންސިލުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. ފެކްސް ނަންބަރަކީ 6780031 ، އީމެއިލް އެޑްރެހަކީ [email protected] އެވެ. |
|
ހުށަހަޅަންޖެހޭ ލިއުންތައް 1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ކިނބިދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ. 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކު ދޫކުރި ވަނަވަރު ފޯމާ އެއްގޮތަށް ފުރިހަމަކުރައްވާފައިވާ) 3- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 6- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (2015 މޭ 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) |
|
އިތުރު މަޢުލޫމާތު އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780031 ފޯނާ ގުޅުއްވުމުން އެމަޢުލޫމާތެއް ސާފުކޮށްދެވޭނެއެވެ. |
12 ޛުލްޤަޢިދާ 1437