ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 88-LS/1/2016
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 08:57
ސުންގަޑި: 06 ސެޕްޓެންބަރު 2016 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއްވޭތޯ ބެލުން

އިޢުލާން

ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މި މިނިސްޓްރީން ކުއްޔަށްދޫކޮށްފައިވާ ދ. އެނބޫދޫފުށި އަދި އޮޅުވެލި، ލީސް އެގްރީމަންޓުގެ ދަށުން މި ދެރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހައި ޙައްޤުތައް އެހެންފަރާތަކަށް ބަދަލުކުރުމުގެ ހުއްދައަށް އެދި އެ ދެފަރާތުން ހުށަހަޅާފައިވާތީ އެ ދެރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ، މި އިޢުލާން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި، މި މިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށާއި، އަދި އީމެއިލުން ހުށަހަޅުއްވާނަމަ [email protected] އަށް އަންގަވައިދެއްވުމަށް އަންގައި އިޢުލާނުކުރީމެވެ.

13 ޛުލްޤަޢިދާ 1437

16 އޮގަސްޓް 2016