ދިވެހިރާއްޖެ
ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ފ. ފީއަލީގައި ޤާއިމުކުރެވޭ 2 ވޮލީކޯޓު ތަރައްޤީކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުން.
ސަރުކާރުގެ ސްޕޯޓްސް އެރީނާ ކޮންސެޕްޓްގެ ދަށުން ފ. ފީއަލީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 2 ވޮލީކޯޓު ތަރައްޤީކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 11:00 އަށް ފީއަލީ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމުގެ އެއްގަޑިއިރު (2016 އޮގަސްޓް 22 ވަނަ ދުވަހުގެ 10:00 ގެ) ކުރިން ބިޑްފޮތް ވިއްކުމަށް ހަމަޖެހިފައިވެއެވެ. ބިޑުފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބިޑްފޮތުގެ އަގަކީ -/500 (ފަސްސަތޭކަ) ރުފިޔާއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6740012 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
8 ޛުލްޤަޢިދާ 1437