މަސައްކަތް
ނަންބަރު: 353-CA/2016/35
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 30 އޮގަސްޓް 2016 13:00
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކައުންސިލުގެ އިދާރާ މަރާމާތުކުރުމަށް ހިންގާ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތާބެހޭ:

ކައުންސިލުގެ އިދާރާ މަރާމާތުކުރުމަށް ހިންގާ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 30 ވާ އަންގާރަދުވަހުގެ 13:00 ގައި ކައުންސިލުގެ އިދާރާގައި އޮންނަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް، ބިޑް ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމު ހިއްޕަވައިގެން ކައުންސިލުގެ އިދާރާއަށް ހާޒިރުވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި ބިޑް ހުށަހަޅުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

11 ޛުލްޤަޢިދާ 1437

14 އޮގަސްޓް 2016