ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: HRH/IU/2016/10
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި:
24 އޮގަސްޓް 2016 10:00
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދޮރުފޮތި އަދި ބްލައިންޑުސް ހޯދުމަށް
އިޢުލާން
މި ހޮސްޕިޓަލުގެ ދަށުން ހިންގާ ފޭދޫ ޞިއްޙީމަރުކަޒަށް ދޮރުފޮތި އަދި ބުލައިންޑުސް ހޯދުމަށް ކުރެވުނު ނަންބަރު HRH/IU/2016/08 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 24 ވަނަ ދުވަހުގެ 10:00 އަށް މި ހޮސްޕިޓަލުގެ ކޮންފަރެންސް ހޯލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮގަސްޓު 31 ވަނަ ދުވަހުގެ 10:00 އަށް މި ހޮސްޕިޓަލުގެ ކޮންފަރެންސްހޯލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
12 ޛުލްޤަޢިދާ 1437
15 އޮގަސްޓް 2016