ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)160-A/1/2016/102
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 22 އޮގަސްޓް 2016 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު

ޑިރެކްޓަރ (ދާއިމީ)

ބޭނުންވާ އަދަދު:  1

މުސާރަ:

މަހަކު -/8835  

ސަރވިސް އެލަވަންސް:

މަހަކު -/2000  

އޮފީސް

 ކީރިތި ޤުރްއާނާބެހޭ މަރުކަޒު

ސެކްޝަން:

ކޯޕަރޭޓިވް ސެކްޝަން

ކްލެސިފިކޭޝަން

ޑިރެކްޓަރ (ޕްލޭނިންގ)

ރޭންކް:

އީ. އެކްސް. 1

މަޤާމުގެ ޝަރުޠު:

  1. މަޤާމާގުޅޭ ދާއިރާއަކުން (އެޑްމިނިސްޓްރޭޝަން ނުވަތަ އާޓިޓެކްޗަރަލް ސައިންސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމާގުޅޭ ދާއިރާއަކުން (އެޑްމިނިސްޓްރޭޝަން ނުވަތަ އާޓިޓެކްޗަރަލް ސައިންސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމާގުޅޭ ދާއިރާއަކުން (އެޑްމިނިސްޓްރޭޝަން ނުވަތަ އާޓިޓެކްޗަރަލް ސައިންސް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސައްކަތް:

1. މަރުކަޒުގެ އޮނިގަނޑު (ބޭނުންވާ މުވައްޒަފުންގެ އަދަދާއި ފެންވަރު އެނގޭގޮތަށް) އެކުލަވައިލައި މުވައްޒފުން ހޯދައި، އެ މުވައްޒަފުންގެ ވަޒީފާއާބެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.

2. މުވައްޒަފުން ކުރިއެރުވުމަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމާއި، އެއާ އެއްގޮތަށް ތަމްރީނާއި ހުނަރުތައް ލިބޭނޭގޮތްތައް ހޯދުމާއި، މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށްދިނުން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދާ އެއްގޮތަށް މުވައްޒަފުންގެ ކަންތައްތަކާއި މަސައްކަތްތައް ބެހިފައި ހުރިތޯ ބަލައި، އެކަންކަން ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

4. މަރުކަޒުގެ އިންފްރާސްރަކްޗަރ އިވެލުއޭޓްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، މަސައްކަތުގެ މާޙައުލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

5. މުވައްޒަފުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކޮށް، އެކަންކަމަށް އިންސާފު ޤާއިމުކުރުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ އިތުރުގަޑީގެ ފައިސާ
  • ސަރވިސް އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދްމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ.

ވަޒީފާއަށް ޤާބިލު ފަރާތެއް ހޮވުމަށް ބޭލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  2. އެސިސްޓެންޓް ޑިރެކްޓަރާ އެއްވަރެއްގެ މަޤާމެއްގައި 4 އަހަރަށްވުރެ ދިގުމުއްދަތެއްގެ ތަޖުރިބާ ލިބިފައިވުން.
  3. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހުނަރަށް ބަލައިގެން.
  4. ޕަބްލިކް އެކައުންޓިންގ އެޑްމިނިސްޓްރޭޓިވް ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  5. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، މަތީގައި ބަޔާންކުރެވުނު ތަކެތި މި މަރުކަޒަށް ހުށަހެޅުއްވުން އެދެން.

އިންޓަރވިއު އޮންނާނެ ތާރީޚު

2016 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މި މަރުކަޒުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

  • މި އިޢުލާނާ ގުޅިގެން މިމަރުކަޒުގެ ނަންބަރު (IUL)160-A/1/2016/95 އިޢުލާން ވާނީ ބާޠިލުކުރެވިފައެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3019303 ، 3019304 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3335086 އެވެ.
16 އޮގަސްޓް 2016