މަސައްކަތް
ނަންބަރު: (IUL)13-K1/13/2016/162
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 19 ސެޕްޓެންބަރު 2016 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ރޯޑް ޕްރޮޖެކްޓް – ސ.ހިތަދޫ، އައްޑޫ ސިޓީ ރޯޑް ޕްރޮޖެކްޓް – ސ.ފޭދޫ، އައްޑޫ ސިޓީ ރޯޑް ޕްރޮޖެކްޓް – ސ.ހުޅުމީދޫ، އައްޑޫ ސިޓީ ރޯޑް ޕްރޮޖެކްޓް – ސ.މަރަދޫ އަދި އައްޑޫ ސިޓީ ރޯޑް ޕްރޮޖެކްޓް – ސ.މަރަދޫފޭދޫ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ބޭނުމަށް ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު މިމިނިސްޓްރީގެ ނަންބަރު (IUL)13-K1/13/2016/154  އިޢުލާނު ބާތިލު ކުރުމަށްފަހު، މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

މަސައްކަތް

ޕްރޮޖެކްޓް ނަންބަރު

ބިޑް ސެކިޔުރިޓީ އަދަދު

ނޭޝަނަލް ކޮންޓްރެކްޓަރުންގެ ރަޖިސްޓަރީގެ ގްރޭޑް

އައްޑޫ ސިޓީ ރޯޑް ޕްރޮޖެކްޓް – ސ.ހިތަދޫ (ޑިޒައިން ބިލްޑް އުސޫލުން)

TES/2016/W-73

-/365,000ރ

GC01-1,GC01-2

އައްޑޫ ސިޓީ ރޯޑް ޕްރޮޖެކްޓް – ސ.ފޭދޫ (ޑިޒައިން ބިލްޑް އުސޫލުން)

TES/2016/W-74

-/72,000ރ

GC01-1، GC01-2، GC01-3

އައްޑޫ ސިޓީ ރޯޑް ޕްރޮޖެކްޓް – ސ.ހުޅުމީދޫ (ޑިޒައިން ބިލްޑް އުސޫލުން)

TES/2016/W-102

-/180,000ރ

GC01-1,GC01-2

އައްޑޫ ސިޓީ ރޯޑް ޕްރޮޖެކްޓް – ސ.މަރަދޫ (ޑިޒައިން ބިލްޑް އުސޫލުން)

TES/2016/W-103

-/57,000ރ

GC01-1، GC01-2، GC01-3، GC01-4

އައްޑޫ ސިޓީ ރޯޑް ޕްރޮޖެކްޓް – ސ.މަރަދޫފޭދޫ (ޑިޒައިން ބިލްޑް އުސޫލުން)

TES/2016/W-104

-/72,000ރ

GC01-1، GC01-2، GC01-3، GC01-4

2. މި ބީލަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުންނެވެ. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަރުންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން މަތީގައިވާ ގްރޭޑްތަކުގެ ތެރެއިން ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.

3. ބީލަމެއްގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 20 އޮގަސްޓު 2016 އިން 19 ސެޕްޓެންބަރު 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

4. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ، މަތީގައިވާ ތާވަލުގައިވާ އަދަދަށް ކޮންމެ މަސައްކަތަކަށް ވަކިން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15  އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

5. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 އޮގަސްޓު 29 ވާ އަންގާރަދުވަހުގެ 13:30ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

6. ބީލަން ހުޅުވުން އޮންނާނީ 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 13:00ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،

  ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން،

  މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

  އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

  ފޯން: 3349104       3349106

  ފެކްސް: 3320706       3324432

  އީމެއިލް: [email protected]

  ކޮޕީ: [email protected]

16 އޮގަސްޓް 2016