މަސައްކަތް
ނަންބަރު: (IUL)138-PS3/138/2016/107
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 08:42
ސުންގަޑި: 31 އޮގަސްޓް 2016 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހިނގާފައި އުޅޭ މަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޝަހީދު ޢަލީ ހިނގުމުގެ ލޭންޑްސްކޭޕް ކުރުމަށް އަންދާސީހިސާބު ހުށަހެޅުން

އިޢުލާން

ހިނގާފައިއުޅޭ މަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޝަހީދު ޢަލީ ހިނގުމުގެ ލޭންޑްސްކޭޕިންގގެ މަސައްކަތް މި މިނިސްޓްރީން ދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ދެ އިޢުލާނަށްވެސް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މި ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

މަޢުލޫމާތު ދިނުން

2016 އޮގަސްޓު 22 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ 10:30 އިން 13:30 އަށް މި މިނިސްޓްރީގެ ކައުންޓަރުން މަޢުލޫމާތު ޝީޓު ލިބިވަޑައިގަންނަވާނެއެވެ.

ޕްރީބިޑް މީޓިންގ

2016  އޮގަސްޓު 23 ވާ ދުވަހުގެ 13:00 އަށް

ބިޑް ހުޅުންވުން   

2016  އޮގަސްޓު 31 ވާ ދުވަހުގެ 13:00 އަށް

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

ފޯނު: 3004300  /  3004120

ފެކްސް: 3004301

16 އޮގަސްޓް 2016