މަސައްކަތް
ނަންބަރު: (IUL)28-FA-1/1/2016/68
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 21 އޮގަސްޓް 2016 10:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އަށް ބޭނުންވާ ޔުނީފޯމު ފެހުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ބޭނުންވާ މިދަންނަވާ ޔުނީފޯމުތައް ފަހައިދޭނެ ހޯދަން ބޭނުންވެއްޖެއެވެ.

  1. ވާރކިންގ ޑްރެސް ޔުނީފޯމު
  2. ސަފާރީ ޔުނީފޯމު
  3. ޑްރިލް ޔުނީފޯމު

ވީމާ، މިމަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން 2016 އޮގަސްޓު 21 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 2016 އޮގަސްޓު 24 ވަނަ ދުވަހުގެ 10:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމަށް މީގެކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2016/65 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

16 އޮގަސްޓް 2016