ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2016/187
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 24 އޮގަސްޓް 2016 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ، އެސިސްޓެންޓް އޮފިސަރ، އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް އިންޖިނިއަރ

ވަޒީފާގެ ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/10,150ރ. އާއި -/20,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

  • އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ފަސްޓް ޑިގްރީއެއް ހާސިލުކޮށްފައިވުން.
  •  Windows Server، VMware، Cisco Networks، MS Exchange، SAN، އަދި SQL Server ފަދަ ސިސްޓަމުތައް ބޭނުން ކުރުން އަދި ބެލެހެއްޓުމުގެ ތަޖުރިބާ ހުރުން.
  • ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ކުރިޔަށްދިޔުމަށް ޝައުޤުވެރިކަން ހުރުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މި ކުންފުނީގައި ހަމަޖެހިފައިވާ ގަވާއިދުތަކާ އެއްގޮތަށް:

  • ސްޓެލްކޯ އިންޖީނުގެ ހުންނަ ރަށްތަކުގައި ނެޓްވޯރކު ޤާއިމުކޮށް އަދި ބެލެހެއްޓުން.
  • މިހާރުގެ ހުރި ސިސްޓަމްސްތައް އަޕްގްރޭޑު ކުރުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން.
  • ސަޕޯޓް ސަރވިސް ޔުނިޓުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލައި ސުޕަރވައިޒް ކުރުން.
  • އަދި މިނޫނަސް ދާއިރާއާ ގުޅުންހުރި ކުންފުންޏަށް މުހިންމު މަސައްކަތްތަކުގައި އެހީތެރިވުމާއި ޑިޕާޓްމަންޓުގެ ފަރާތުން ރާވާ ހިންގާ ކަންކަމުގައި އެއްބާރުލުން ދިނުް. 

މަޤާމު:

އޮފިސަރ

ވަޒީފާގެ ދާއިރާ:

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

03

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/6300ރ. އާއި -/11,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން. އަދި މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކޮށްގެން މަސައްކަތްކުރަން އެނގޭ ފަރާތެއް ކަމުގައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

ކުންފުންޏަށް ޓެންޑަރ އުސޫލުން ހޯދަންޖެހޭ މުދަލާއި ޚިދުމަތްތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

މަޤާމު:

އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:

ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/5740ރ. އާއި -/10,000ރ. އާއި ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން "ސީ" ފާސް ލިބިފައިވުން. އަދި މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކޮށްގެން މަސައްކަތްކުރަން އެނގޭ ފަރާތެއް ކަމުގައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

  • ކަރަންޓްގެ ޚިދުމަތަށް އެދޭފަރާތްތަކަށް ޚިދުމަތް ދިނުމާއި ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
  • މުވައްޒަފުންގެ ހާޒިރީއާއި ގުޅޭ ކަންތައްތައް ކުރުން.
  • ޑިޕާޓްމަންޓަށް ލިބޭ ސިޓީ/ މެމޯތަކަށް ފޮނުވަންޖެހޭ ޖަވާބު ތައްޔާރުކުރުން.

މަޤާމު:

އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:

ވިލިނގިލީ އަވަށު އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެފައިސާ:  

މަހަކު -/5740ރ. އާއި -/10,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

ކުންފުނިން ކަރަންޓުގެ ޙިދުމަތްދެވޭ ތަންތަނުން ރީޑިންގ ނެގުމާއި، ބިލު ހެދުމާއި، ބިލް ޙަވާލުކުރުން. އަދި ޤަވާއިދުން ކަރަންޓުގެ ބިލަށް ފައިސާ ނުދައްކާ ފަރާތްތަކުން ކަރަންޓް ކެނޑުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

2016 އޯގަސްޓު 24 ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް، 2016 އޯގަސްޓު 24 ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ

12 ޛުލްޤަޢިދާ 1437

 

15 އޮގަސްޓް 2016