ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)218/1/2016/6
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި: 31 ޖަނަވަރީ 2017 14:00
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގަމުން ގެންދާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޭ ލޯކަލް ސަނަދުތަކުގައި ރިކޮގްނިޝަން ތައްގަނޑު ޖެހުން ހުއްޓާލުން

އިޢުލާން

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގަމުން ގެންދާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމުތައް ފުރިހަމަކުރުމުން ދޭ ލޯކަލް ސަނަދުތަކުގައި "ރިކޮގްނިޝަން" ތައްގަނޑު ޖެހުން ހުއްޓާލުމަށް މި އޮތޯރިޓީން ނިންމައިފިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ. މިގޮތަށް މި އޮތޯރިޓީން ނިންމާފައިވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގަމުން ގެންދާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމުތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް ތައްޔާރުކޮށް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ހުއްދައާއެކު ހިންގަމުން ގެންދާ ޕްރޮގްރާމުތަކަށްވެފައި، އަދި އެޕްރޮގްރާމުތައް ނިންމައި ދަސްވެނިވާ ދަރިވަރުންނަށް ސަނަދުދެނީވެސް މި އޮތޯރިޓީން އެ ޕްރޮގްރާމް ހިންގާފައިވާގޮތް ބަލައި ސަނަދުދިނުމުގެ ހުއްދަ ދިނުމުން ކަމަށްވާތީއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ލިބިފައިވާ ހުނަރާއި ތަޢުލީމާ ތަމްރީން އަންގައިދޭ ލިޔުން ހުށަހަޅަންޖެހޭ އިރު، މިހާތަނަށް ސަނަދުތައް ހުށަހަޅަން ޖެހިފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ "ރިކޮގްނިޝަން" ތައްގަނޑާ އެކުގައެވެ. އެހެންނަމަވެސް 2016 ސެޕްޓެންބަރު 1 ވަނަ ދުވަހުން ފެށިގެން މި އޮތޯރިޓީން ތައްގަނޑު ޖެހުން ހުއްޓާލުމަށް ނިންމިކަމުގައި ވިޔަސް، ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅާ ސަނަދަކާގުޅޭގޮތުން މައްސަލައެއް ކުރިމަތިވެއްޖެނަމަ ނުވަތަ އިތުރު ތަފުސީލު ބޭނުންވެއްޖެނަމަ، އެ އެހީތެރިކަން މި އޮތޯރިޓީން ވަޒީފާދޭ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ.

ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒުތަކުގައި ހިންގުމަށް މި އޮތޯރިޓީން ހުއްދަދީފައިވާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު މި އޮތޯރިޓީގެ ވެބްސައިޓް www.mqa.gov.mv މެދުވެރިކޮށް އާންމުކޮށް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 3344077 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

16 އޮގަސްޓް 2016