ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2016/157
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 15:43
ސުންގަޑި: 25 އޮގަސްޓް 2016 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މާކެޓިންގ އެގްޒެކްޓިވް

މަޤާމް :މާކެޓިންގ އެގްޒެކްޓިވް
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމު: މާކެޓިންގ އެގްޒެކްޓިވް

މުސާރައާއި އެލަވަންސް

މަހަކު -/9،450 ރުފިޔާ

މަޤާމުގެ ރޭންކް

AS 4

ބޭނުންވާ އަދަދު

1

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

އީ-ކޮމަރސް އެންޑް މާކެޓިންގ

މަޤާމުގެ ޝަރުޠު:

ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް އޮތުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއިން 2 (ދޭއެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއިން 6 (ހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ކުންފުނީގެ އުފެއްދުންތަކާއި، ޕްރޮޑަކްޝަން މާކެޓްކޮށް ޕްރޮމޯޓްކުރުމާއި، ކަސްޓަމަރރިލޭޝަން މެއިންޓެއިންކޮށް ބެލެހެއްޓުމާއި މާކެޓް ސެގްމެންޓްކޮށް، ސެގްމެންޓުތަކަށް ކަމުދާނެ ގޮތަށް އުފެއްދުންތައް ބައްޓަންކުރުން އަދި ޕްރޮޑަކްޝަން ޑިޕާޓްމަންޓަށް ލަފާދިނުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމު ހާސިލުލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމުރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލާ ސެޓުފިކެޓެއްނަމަ، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ޕާސްޕޯޓް ސައިޒު ފޮޓޯއެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓް ލިސްޓްކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2016 އޮގަސްޓު 25 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ނަންބަރު 3000210 ފޯނާ ގުޅުއްވުން އެދެމެވެ.

11 ޛުލްޤަޢިދާ 1437

14 އޮގަސްޓް 2016