ދިވެހިރާއްޖެ
އިޢުލާން
ދަރުމަވަންތަ ސްކޫލް ބައު ޢިމާރާތްތައް ތަޅާލުން
މި މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި ދަރުމަވަންތަ ސްކޫލްގެ ބައު އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)22-G/22/2016/22 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ރިސެޕްޝަނަށް (ވެލާނާގޭ 8 ވަނަ ފަންގިފިލާއަށް) ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ދަރުމަވަންތަ ސްކޫލް ބައު އިމާރާތް ތަޅާލުމަށް އެދި" މިހެން ލިޔުއްވާފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
23 އޮގަސްޓު 2016 ވާ އަންގާރަ ދުވަހު 11:00 އަށް |
30 އޮގަސްޓު 2016 ވާ އަންގާރަ 11:00 އަށް |
މި މަސައްކަތް ކުރެއްމަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ކޮންމެ މީހަކަށްވެސް ތަމްސީލުކުރެއްވޭނީ 1 ފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި 3341137 ނުވަތަ 3341126 ފޯނަށް ގުޅުއްވުން އެދެމެވެ.
12 ޛުލްޤަޢިދާ 1437