ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2016/167
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:16
ސުންގަޑި: 29 އޮގަސްޓް 2016 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

މަޤާމް :ސެކިއުރިޓީ އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

ސެކިއުރިޓީ އޮފިސަރ

މަޤާމުގެ ރޭންކް:

އެސް. އެސް. 3                   

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމުގެ ނަންބަރު:

J-268295

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ސެކްޝަން،  އޮފީސް، ރަށް:

ކީ މެނޭޖްމަންޓް ޔުނިޓް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/3875ރ

- ސަރވިސް އެލަވަންސް: މަހަކު -/1000ރ

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

- ޝިފްޓް ޑިއުޓީ އެލަވަންސް: ޝިފްޓް ޑިއުލީ އެލަވަންސް ހަމަޖެހިފައިވާ އުސޫލުން ދެވޭނެއެވެ.

މަސައްކަތް ކުރަން ހަމަޖެހިފައިވާ ވަގުތު:

ޝިފްޓް ޑިއުޓީ އުސޫލުން

މަޤާމުގެ ޝަރުޠު:

1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޑިއުޓީ ރޯސްޓަރާ އެއްގޮތަށް އެދުވަހެއްގެ ޑިއުޓީ ފެށޭވަގުތުގެ 10 މިނިޓު ކުރިން، ވެލާނާގެއަށް ހާޒިރުވެ ހާޒިރީ ފޮތުގައި ދުވަހާއި ގަޑި ލިޔެ ސޮއިކޮށް، އެ ހިނދުގައި ބޭރަށް ގެންގޮސްފައިވާ ތަޅުދަނޑިތަކާއި އެތެރޭގައި ހުރި ތަޅުދަނޑިތައް ރަނގަޅަށް ޗެކްކޮށް ފޮތާއި ދިމާވޭތޯ ބަލައި އެއްވެސް އޮފީހެއްގެ ތަޅުދަނޑި އެއްވެސް ފަރާތަކާއި ހަވާލުކުރެވިފައިވާނަމަ، ތަޅުދަނޑި ހަވާލުކުރެވިފައި ވަނީ އެ މީހެއްގެ ނަމާއި ދުވަހާއި ގަޑި ފޮތުގައި ރަނގަޅަށް ނޯޓުކޮށް ސޮއިކުރުވާފައިވޭތޯ ބެލުން.
  2. ހަވާލުކުރެވިފައިވާ ތަޅުދަނޑިތައް ފަރުވާތެރިކަމާއެކު ބަލަހައްޓައި، އެއްވެސް ތަޅުދަނޑިއެއް ދޫކުރުމުގެ ކުރިން ތަޅުދަނޑި ބަލައި އައިސް ހުރި މީހާއަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ދޫކޮށްފައިވާ، ތަޅުދަނޑިއާ ހަވާލުވުމުގެ ފާސް ލިބިފައިވާ ފަރާތެއްތޯ ރަނގަޅަށް ޗެކުކޮށް މީހާއާ ފޮޓޯ ދިމާވޭތޯ ބެލުން. އަދި ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން އެ މީހެއްގެ މަޢުލޫމާތު ފޮތުގައި ނޯޓުކުރުން.
  3. ޑިއުޓީ ނިމެން 10 މިނިޓަށް ވާއިރު އަނެއް ޑިއުޓީގައި ހުންނަންޖެހޭ މުވައްޒަފުން ހާޒިރު ނުވެއްޖެނަމަ އެކަން ސުޕަވައިޒަރަށް އަންގައި ސުޕަވައިޒަރުގެ ލަފާގެ މަތިން ޢަމަލުކުރުން.
  4. އެއްވެސް ފަރާތަކުން ގެންނަ ކާޑެއްގެ ޞައްޙަކަމާމެދު ސުވާލު އުފެދިއްޖެނަމަ ތަޅުދަނޑި އެ މީހަކަށް ދޫނުކޮށް ސުޕަވައިޒަރަށް އެކަން އެންގުން.
  5. ޑިއުޓީގައި ހުންނަ މީހާ ފިޔަވައި އިތުރު އެއްވެސް މީހަކު ތަޅުދަނޑި ރޫމަށް ނުވެއްދުން.
  6. ރޭގަނޑު 12 ޖަހާއިރު ތަޅުދަނޑިތައް ހަމަތޯ ބަލައި، ތަޅުދަނޑިއެއް މަދުނަމަ ކަމާބެހޭ ސުޕަވައިޒަރަށް އެކަން އެންގުން.
  7. މަސައްކަތާގުޅޭ ލިޔެކިޔުންތަކާއި އެހެނިހެއް ލިޔުންތައް ތައްޔާރުކުރުން.
  8. ޑިއުޓީ ގަޑީގައި ޚާއްޞަ ކަމެއް ދިމާވެއްޖެނަމަ އެކަން ނޯޓްކޮށް ސުޕަވައިޒަރަށް އެންގުން.
  9. ލިބިފައިވާ ތަޅުދަނޑިތައް އެކަމަށް ޚާއްޞަ ފޮށީގައި ބެހެއްޓުން.
  10. ސެކްޝަންގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހައި ކަންތައްތަކުގައި ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަވިއު.
  4. ޝިފްޓް ޑިއުޓީތަކުގައި މަސައްކަތް ކުރެވޭ މީހަކު ކަމުގައިވުން.
  5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 އޮގަސްޓު 29 ވާ ހޯމަ ދުވަހުގެ 12:00 އެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2016  ސެޕްޓެންބަރު – އޮކްޓޫބަރު މަހުގެ ތާރީޚެއްގައި މާލޭގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް).
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ 3004340 ނަންބަރު ފޯނަށް ނުވަތަ 3004343 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

12 ޛުލްޤަޢިދާ 1437

15 އޮގަސްޓް 2016