މަސައްކަތް
ނަންބަރު: MMS-A/2016/38
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 21 އޮގަސްޓް 2016 13:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ހަނިމާދޫ ކްލައިމެޓް އޮބްޒަރވޭޓްރީގެ ޓަވަރު މަރާމާތުކުރުމާބެހޭ

އިޢުލާން

ހަނިމާދޫ ކްލައިމެޓް އޮބްޒަރވޭޓްރީގެ ޓަވަރު މަރާމާތުކުރުމާބެހޭ

މޯލްޑިވްސް ކްލައިމެޓް އޮބްޒަރވޭޓްރީ ހަނިމާދޫގެ ސައިންޓިފިކް އާލާތްތައް ބެހެއްޓިފައިވާ 52.5 ފޫޓުގެ އުސް ޓަވަރު މަރާމާތުކޮށް ދަވާދު ކަހައި ދަވާދުލުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮގަސްޓު 21 ވާ އާދީއްތަދުވަހުގެ 13:00 ގައި ހދ. ހަނިމާދޫގައި ހުންނަ ކްލައިމެޓް އޮބްޒަރވޭޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮގަސްޓު 28 ވާ އާދީއްތަދުވަހުގެ 13:00 ގައި ހދ. ހަނިމާދޫގައި ހުންނަ ކްލައިމެޓް އޮބްޒަރވޭޓްރީއަށް ވަޑައިގަން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.

މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

11 ޛުލްޤަޢިދާ 1437

14 އޮގަސްޓް 2016