ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-26/IUL/2016/24
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 22 އޮގަސްޓް 2016 13:00
ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

   މަޤާމު:                     މަސައްކަތު                        

   ބޭނުންވާ އަދަދު:                1

   ރޭންކް:                     އެސް.އެސް. 1

   ކްލެސިފިކޭޝަން:                ސަޕޯޓް ސްޓާފް ގްރޭޑް 1

   މުސާރަ:                    -/3100 ރުފިޔާ

   ސަރވިސް އެލަވަންސް:            -/1000 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:              ގދ. އަތޮޅު ތަޢުލީމީ މަރުކަޒު / ގދ.ތިނަދޫ

   ގިންތި:                     ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      އިދާރީ ސެކްޝަން / ގދ. އަތޮޅު ތަޢުލީމީ މަރުކަޒު

   މަޤާމުގެ ނަންބަރު:               J117207

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ސްކޫލުގެ ގޯތިތެރެއާއި މަގުމަތި ކުނިކަހައި ސާފުކުރުން.

2. ދަރިވަރުންގެ ފާޚާނާއާއި އޮފީސް ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.

3. ސްކޫލުގެ ގޯތިތެރޭގައިވާ ވިނަ ކޮށުން.

4. ސްކޫލުގެ ގޯތިތެރެއާއި މަގުމަތި ކުނިކަހައި ސާފުކުރުން.

5. ކުލާސްރޫމުގެ ކުނިކަހައި ސާފުކުރުމާއި ގޮނޑި އެތުރުމާއި ތަރުތީބުކުރުން.

މަޤާމުގެ ޝަރުޠު:                          

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤަބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  • ތަޢުލީމާއި ތަމްރީނު.
  • މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި މިންވަރު
  •  މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު އަދާކުރުމުގެ ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.
  • ކުރިން މަސައްކަތް ކޮށްފައިވާ މުއައްސަސާތަކުގެ ރެފަރެންސް.
  • އިންޓަރވިއުއިން ލިބޭ ޕޮއިންޓް.

އިންޓަރވިއު ކުރުން

ހ. މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި މި ސްކޫލުގައި އޮންނާނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު. (އެޕްލިކޭޝަންފޯމު މި ސްކޫލު އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު).

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ.

ތަކެތި ހުށަހަޅުއްވާނީ 2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހަށެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ގދ. އަތޮޅު ތަޢުލީމީ މަރުކަޒު ނަންބަރު 6841026 ފޯނަށް ގުޅުއްވުން އެދެމެވެ.

8 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016