މަސައްކަތް
ނަންބަރު: (IUL)445-MS/445/2016/30
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 21 އޮގަސްޓް 2016 09:00
ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ ފާރު ރާނައި ފެންސް ޖަހައި ގޯލް ހަރުކޮށްދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

ދޫނޑިގަން ސްޕޯޓްސް އެރީނާގެ ފުޓްބޯޅަދަނޑުގެ ފާރު ރާނައި ފެންސް ޖަހައި ގޯލު ހަރުކުރުމާބެހޭ:

ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ފުވައްމުލަކު ދޫނޑިގަމުގައި ޤާއިމުކުރެވިފައިވާ ފުޓްބޯޅަދަނޑުގެ ފާރު ރާނައި، ފެންސް ޖަހައި ގޯލު ހަރުކުރުމަށް ބޭނުންވެއެވެ.

ވީމާ، މި ކައުންސިލުން ދައްކާ ކުރެހުންތަކާ އެއްގޮތަށް ކޮންޓްރެކްޓް އުސޫލުން، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 21 ވާ އާދީއްތަދުވަހުގެ 9:00 އަށް ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 އޮގަސްޓު 24 ވާ ބުދަދުވަހުގެ 9:00 އަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައަކަށް ލައި ބަންދުކުރުމަށްފަހު، ސިޓީއުރައިގެ ބޭރުގައި "ފުޓްބޯޅަދަނޑާ ބެހޭ" މިގޮތަށް ޖަހާފައެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ފުވައްމުލަކު ދޫނޑިގަން ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.

6 ޛުލްޤަޢިދާ 1437

09 އޮގަސްޓް 2016