މަސައްކަތް
ނަންބަރު: (IUL)238-B/238/2016/7
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 16 އޮގަސްޓް 2016 11:00
ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ދ. ވާރުގެ (އަތޮޅުގެ) މަރާމާތު ފޭސް 2 ގުޅޭ:

ދ. ވާރުގެ (އަތޮޅުގެ) މަރާމާތު ފޭސް 2 ގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 16 ވާ އަންގާރަދުވަހުގެ 11:00 އަށް ދ. އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމަށް ދުރުވެ މަޢުލޫމާތު ސާފުކުރައްވައި، 2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 11:00 އަށް ދ. އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދޭނެގޮތް:

 

ޕޮއިންޓް ދެވޭ ބައި

ޕޮއިންޓް ދެވޭނެގޮތް

ލިބޭނެ އެންމެމަތީ ޕޮއިންޓް

1

މަސައްކަތުގެ އަގު

ހުށަހަޅާފައިވާ އެންމެ ކުޑަ އަގު / ހުށަހެޅި އަގު x ޕޮއިންޓް

50

2

މުއްދަތު

ހުށަހަޅާފައިވާ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު x ޕޮއިންޓް

40

3

ފަންނީ ޤާބިލުކަން

ރިފަރެންސް ލެޓަރ (މިބާވަތުގެ މަސައްކަތް ކޮށްފައިވާނަމަ، މަސައްކަތްކުރުވި ފަރާތުން މަސައްކަތް ނިންމުމުން ދޭ ލިޔުން) މި ލިޔުންތައް ހުށަހަޅާއިރު، އެކަން ކޮށްދީފައިވާ އަގު އެނގޭނޭ ގޮތަށް ލިޔުން ހުށަހެޅުން. ޕޮއިންޓް ދެވޭނީ -/1 ރުފިޔާއިން -/50،000 ރުފިޔާއަށް 2.5 ޕޮއިންޓް، -/50،001 ރުފިޔާއިން -/150،000 ރުފިޔާއަށް 5 ޕޮއިންޓް، -/150،001 ރުފިޔާއިން މަތީގެ އަގަށް 10 ޕޮއިންޓް. (އަދި މި ލިޔުންތައް ހުށަނާޅާ ފަރާތްތަކަށް ތަޖުރިބާގެ ބަޔަށް ޕޮއިންޓެއް ނުދެވޭނެއެވެ.)

10

ޖުމުލަ

100

އަންދާސީހިސާބު ހުށަހަޅަންޖެހޭގޮތް:

ކުންފުންޏެއް، ޖަމުޢިއްޔާ ޖަމާޢަތެއް، އިދާރީ ބޮޑީއެއް ނުވަތަ ވިޔަފާރިއެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ކުންފުނީގެ، ޖަމުޢިއްޔާ ޖަމާޢަތުގެ، އިދާރީ ބޮޑީގެ ނުވަތަ ވިޔަފާރީގެ ރަޖިސްޓަރީ ނުވަތަ ހައިސިއްޔަތު އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅަންޖެހޭނެއެވެ. އަމިއްލަ ފަރުދަކު ހުށަހަޅާނަމަ އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު، މަޢުލޫމާތު ކަރުދާހާއެކު ދޫކުރެވިފައިވާ އަންދާސީހިސާބު ހުށަހަޅާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންވާނެއެވެ.

މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ވަގުތަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި އެހެންފަރާތަކުން މަޢުލޫމާތު ސާފުކުރެއްވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 އޮގަސްޓް 2016