މަސައްކަތް
ނަންބަރު: IUL/303/AS/ 303/2016 /51
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:56
ސުންގަޑި: 16 އޮގަސްޓް 2016 11:30
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މިރަށު މަސްޖިދުއްތަޤުވާގެ މިޙުރާބުގޭގެ ދެފަރާތުގައި އެލްމެނިއަމް 4 ކަނީގެ ދެ ދޮރު ހަރުކުރުމާއި، މުންނާރު މަރާމާތުކުރުމާއި، މިސްކިތުގެ ވޯކުވޭގައި ޖަހާފައިވާ މުށި ނަގައި އަލުން އައުޓްޑޯ މުށި ޖެހުމަށް ކުރި ނަންބަރު (IUL)303-AS/303/2016/49 އިޢުލާނުގެ މުއްދަތު ހަމަވިއިރު، އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، 3 ވަނަ ފަހަރަށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

ސުރުޚީގައި ދެންނެވިފައިވާ މަސްޖިދުއްތަޤުވާގެ މަސައްކަތްތައް މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ސުރުޚީގައި ދެންނެވިފައިވާ މަސައްކަތްތައް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ 2016 އޮގަސްޓު 16 ވާ އަންގާރަދުވަހުގެ 11:30 އަށް މި އިދާރާއަށެވެ. ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީ ރ. އުނގޫފާރު ކައުންސިލްގެ އިދާރާގައި 2016 އޮގަސްޓު 21 ވާ އާދީއްތަދުވަހުގެ 10:30 ގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވެންނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ، ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ބަދަލުގައި ފޮނުވިކަން އެނގޭނޭ ސިޓީއެއް އަދި ކުންފުންޏަކުންނަމަ، އެއީ ކޮންކުންފުންޏެއް ތަމުސީލުކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދި ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ، އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ޕްރޮޕޯޒަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. މި މަސައްކަތަށް އެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "އުނގޫފާރު މަސްޖިދުއްތަޤުވާގައި ކުރަން ހުރި މަސައްކަތްތަކާ ބެހޭ ޕްރޮޕޯޒަލް" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީގަޑީގައި މި އިދާރާގެ 6580118 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

7 ޛުލްޤަޢިދާ 1437

10 އޮގަސްޓް 2016