މަސައްކަތް
ނަންބަރު: (IUL)333/333/2016/47
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:53
ސުންގަޑި: 18 އޮގަސްޓް 2016 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް މުބާރާތާއި، ވޮލީ މުބާރާތާއި ބަށި މުބާރާތް ރާވައި، ހިންގައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ތުލުސްދޫ ކައުންސިލުގެ ފުޓްސަލް މުބާރާތާއި، ވޮލީ މުބާރާތާއި ބަށި މުބާރާތް ރާވައި، ހިންގައިދޭނެ ފަރާތެއް ހޯދުން:

ކޮންމެ ބޮޑުޢީދަކާ ދިމާކޮށް މި ކައުންސިލުން ބާއްވަމުން އަންނަ ފުޓްސަލް، ވޮލީ އަދި މިފަހަރު އަލަށް ބާއްވާ ބަށި މުބާރާތް ރާވައި، ހިންގައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާގެ ކޮންފަރެންސްހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާގެ ކޮންފަރެންސްހޯލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ. އަދި ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުން އެ ކްލަބެއްގެ ނުވަތަ ޖަމްޢިއްޔާއެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ޕްރޮޕޯޒަލާއެކު ހުށަހަޅަންވާނެއެވެ.

7 ޛުލްޤަޢިދާ 1437

10 އޮގަސްޓް 2016