ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
ބޭންކް އޮފް މޯލްޑިވްސް ޕލކގެ ބޭނުމަށް ސިސްކޯ ނެޓްވާރކް ސްވިޗް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާނަމަ، ތިރީގައި މިދަންނަވާ ތާވަލާ އެއްގޮތަށް ބޭންކު އޮފް މޯލްޑިވްސް ޕލކ ހިންގާ ޢިމާރާތް، ސީޓްރެކްސް ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
|
ތާރީޚު |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
21 އޮގަސްޓު 2016 |
އާދީއްތަ |
10:00 |
އަންދާސީހިސާބު ހުށަހެޅުން |
29 އޮގަސްޓު 2016 |
ހޯމަ |
10:00 |
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް ބިޑްކުރަން ބޭނުންވާ ބިޑް ޑޮކިއުމަންޓްތައް މި ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
8 ޛުލްޤަޢިދާ 1437