ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-D8/1/2016/48
ޕަބްލިޝްކުރި ތާރީޚް: 15 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 09:04
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ގުޑްސް ޑިކްލަރޭޝަން ފުރިހަމަ ކުރެއްވުމުގައި މުދަލުގެ އެފް.އޯ.ބީ އަގުން ޑިކްލަރޭޝަން ފޯމު ފުރިހަމަކުރުމަށާއި، ފުރައިޓް، އިންޝިއުރަންސް ވަކިވަކީން ހިމަނައިގެން ޑިކްލަރޭޝަން ފުރިހަމަ ކުރުމުން ގެންދިއުމަށް ދެންނެވުން

އިޢުލާން

ދިވެހިރާއްޖެއަށް އިމްޕޯޓުކުރެވޭ މުދަލުގެ އެފް.އޯ.ބީ އަގާއި ފުރައިޓާއި އިންޝުއަރެންސްގެ މަޢުލޫމާތަކީ ކަސްޓަމްސްގެ ސްޓެޓިސްޓިކްސްއަށާއި ކަސްޓަމްސްއިން ސްޓެޓިސްޓިކްސް ހޯއްދަވާ ފަރާތްތަކަށް ވަރަށް މުހިންމު މަޢުލޫމާތެކެވެ. މިއީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ތައްޔާރުކުރާ "BoP" "ބެލެންސް އޮފް ޕޭމަންޓް" އަށާއި ޔުނައިޓެޑް ނޭޝަންސް ސްޓެޓިސްޓިކްސް ޑިވިޜަނުން ތައްޔާރުކުރާ "IMTS" (އިންޓަނޭޝަނަލް މާރޗަންޑައިސް ޓުރޭޑް ސްޓެޓިސްޓިކްސް) އަށް ވެސް ވަރަށް މުހިންމު މަޢުލޫމާތެކެވެ. ނަމަވެސް، އެފް.އޯ.ބީ އަގު ނޫން ގޮތްގޮތަށް ހުންނަ އިންވޮއިސްތަކަށް މުދަލުގެ ޑިކްލަރޭޝަން ފުރިހަމަކުރުމުގައި އެފް.އޯ.ބީ އަގާއި ފުރައިޓާއި އިންޝުއަރެންސްގެ މަޢުލޫމާތު ވަކިވަކީން ހިމަނަމުންނުދާކަން ފާހަގަކުރެވެއެވެ.

ވީމާ، 2016 ސެޕްޓެންބަރު 15 ވަނަ ދުވަހުން ފެށިގެން މުދާ އިމްޕޯޓްކުރެއްވުމަށް ގުޑްސް ޑިކްލަރޭޝަން ފުރިހަމަ ކުރެއްވުމުގައި މުދަލުގެ އެފް.އޯ.ބީ އަގުން ޑިކްލަރޭޝަން ފޯމު ފުރިހަމަކުރުމަށާއި، ފުރައިޓް، އިންޝުއަރެންސް އަދި އެހެނިހެން ޚަރަދު ހިމެނޭނަމަ އެ މަޢުލޫމާތުވެސް ވަކިވަކީން ހިމަނައިގެން ޑިކްލަރޭޝަން ފުރިހަމަކުރަމުން ގެންދިޔުމަށް ދެންނެވީމެވެ. ނަމަވެސް، ކަސްޓަމްސް އާންމު ގަވާއިދުގެ 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ އިންވޮއިސްގައި ހުންނަންވާނެ މަޢުލޫމާތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

11 ޛުލްޤަޢިދާ 1437 

15 އޮގަސްޓް 2016