ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)95-PM/1/2016/57
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 18 އޮގަސްޓް 2016 11:00
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ ހައިކޯޓަށް I7 Intel Core ގެ 6 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: (IUL)95-PM/1/2016/54 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މި ކޯޓުގެ ވެބްސައިޓް http://www.highcourt.gov.mv/dhi/mediamanager/57_bid_info._sheet_-_cpu-_new.pdf އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

08 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016