ވަޒީފާގެ ފުރުޞަތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 21 އޮގަސްޓް 2016 14:00
މާލެއަތޮޅު ހިންމަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން 

ވަޒީފާގެ ފުރުޞަތު:

އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 2 ޖޫން 2016 ގައި މި މަރުކަޒުން ކޮށްފައިވާ H6-SM/2016/02 ނަންބަރު އިޢުލާނުގައި ލިޔުންތައް ހުށަހަޅަންޖެހޭބައިގައި މަޢުލޫމާތު ފުރިހަމަކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށްފައި، އެމަޤާމަށް މީހަކު ހޯދަން އަލުން އިޢުލާން ކުރީމެވެ.

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހެކެވެ.

:މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

:ބޭނުންވާ އަދަދު

 (އެކެއް) 1

:މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

:މަޤާމުގެ ރޭންކް

ޖީ. އެސް. 3

:މަޤާމުގެ ބާވަތް

ދާއިމީ

:މަޤާމުގެ ނަންބަރު

   

:އޮފީސް

ހިންމަފުށީ ޞިއްޙީ މަރުކަޒު

:ސެކްޝަން

އެޑްމިން

:ރަށް

ކ. ހިންމަފުށި

:އަސާސީ މުސާރަ

މަހަކު -/4465 ރުފިޔާ

:ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

:ރިސްކް އެލަވަންސް

ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކު، ހަމަޖެހިފައިވާ އުސޫލެއްގެމަތިން ރިސްކް އެލަވަންސް ދެވޭނެއެވެ.

:އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގެ މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

 

:މަޤާމުގެ ޝަރުޠު

1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޞިއްޙީ ދާއިރާ، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ ތެރެއިން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

- މުވައްޒަފުންގެ މުސާރަޝީޓު ތައްޔާރުކުރުމާއި، މުސާރަ ގަވާއިދުން ދިނުން.

- މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާއާއި، އެކިއެކި އެލަވަންސަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދިނުން.

- އިންވެންޓްރީ ބެލެހެއްޓުން (ޞިއްޙީ މަރުކަޒަށް ގެނެވޭ ރިކަރެންޓް ތަކެއްޗާއި ކެޕިޓަލް ތަކެތި ސްޓޮކާއި އިންވެންޓްރީގައި ލިޔެ ބެލެހެއްޓުން)

- މުވައްޒަފުންގެ އެސް.ޓީ.އޯ ކްރެޑިޓް ސްކީމާބެހޭ ރެކޯޑު ބަލަހައްޓައި، ރިޕޯޓް ފޮނުވުން.

- ފައިސާގެ ރެކޯޑުތައް ބަލަހައްޓައި، އޭގެ ރިޕޯޓު ތައްޔާރުކުރުން.

- އައިޓަމް ބާކީއާއި، ބަޖެޓް ބާކީ ބެލެހެއްޓުން.

- ބަޖެޓް ކޮންޓްރޯލް ހެދުމާއި، އަހަރުގެ ބަޖެޓް ތައްޔާރުކުރުން.

- ހުއްދަދެއްވާ ޗެކްކުރުން.

- ޞިއްޙީމަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިއެއްގެ ލަފަޔާއި މަޝްވަރާގެމަތިން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުމާއި، ސުޕަވައިޒްކުރުން.

- ޞިއްޙީ މަރުކަޒުން ނީލަންކިޔަންޖެހޭ ތަކެތިވާނަމަ، މަރުކަޒު ހިންގެވުމާ ހަވާލުވެހުންނެވި ވެރިއެއްގެ ލަފާގެމަތިން އެހީތެރިވެދިނުން.

- ޞިއްޙީ މަރުކަޒަށް ބޭނުންވާ ތަކެތި ހޯދުމަށާއި، ތަންތަނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ރަށުން ބޭރަށް ދާންޖެހޭ ޙާލަތްތަކުގައި ދިއުން.

- ޞިއްޙީ މަރުކަޒުން ހިންގޭ އެކިއެކި ހެލްތު ޕްރޮމޯޝަން ހަރަކާތްތަކާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ހަރަކާތްތަކުގައި އެހީތެރިވެދިނުން.

- ސުޕަވައިޒުކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ބަލައި، ޕީ.އޭ ފޯމުތައް ގަވާއިދުން ފުރިހަމަކުރުން.

- މަރުކަޒަށް ބޭނުންވާ ތަކެތި، މާލިއްޔަތު ގަވާއިދާ އެއްގޮތްވާގޮތުގެމަތިން އިންވޮއިސް ހަދައި، ފިހާރަތަކުން ގެނައުން.

- މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ވަޒީއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން މި އޮފީހުން އަންގާ މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

 

:އިންޓަރވިއު ކުރުން

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، ކ. ހިންމަފުށީ ޞިއްޙީ މަރުކަޒުގައެވެ.

- އިންޓަރވިއުކުރުން އޮންނާނެ ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

 

 

 

 

 

:ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ކ.ހިންމަފުށީ ޞިއްޙީ މަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ތަކެތި ހުށަހަޅަންޖެހޭ ގޮތާއި، ހުށަހަޅަންޖެހޭ ތަނާއި، ސުންގަޑި:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، 2016 އޮގަސްޓު 21 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު ފުރައި، ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތަކާއެކު، ހިންމަފުށީ ޞިއްޙީ މަރުކަޒަށް ހުށަހެޅުން އެދެމެވެ. ފުރިހަމަނުކުރާ ފޯމާއި ލިޔުންތައް ބަލައެއް ނުގަނެވޭނެއެވެ. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ހިންމަފުށީ ޞިއްޙީ މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

:ނޯޓު

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

:އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލާމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި މަރުކަޒުގެ 6640413 ނަންބަރު ފޯނާ، ރަސްމީގަޑީގައި ގުޅުން އެދެމެވެ.

8 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016