ދިވެހިރާއްޖެ
މި ޞިއްޙީމަރުކަޒުގެ ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
މަޤާމު ބޭނުންވާ އަދަދު |
ތަރުޖަމާނު 1 |
|
|
||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ރޭންކް: GS3 |
މުސާރަ |
މަހަކު -/4465 ރުފިޔާ |
|
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
|
މަޤާމު އޮތް ތަން |
އއ. އުކުޅަހު ޞިއްޙީމަރުކަޒު |
|
މަސައްކަތް ކުރަންޖެހޭ އޮފީސް |
އއ.އުކުޅަހު ޞިއްޙީމަރުކަޒު |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1- ޞިއްޙީމަރުކަޒުގެ ތަރުޖަމާނެއްގެ ހައިސިއްޔަތުން ޒިންމާދާރުކަމާއެކު ތަރުޖާމާނެއްގެ ޒިންމާ އަދާކުރުން. 2- ޞިއްޙީމަރުކަޒަށް ޑޮކްޓަރަށް ދެއްކުމަށް އަންނަ އެންމެހައި ފަރާތްތަކަށްވެސް ތަފާތު ކުރުމެއްނެތި ހިތްހެޔޮކަމާއި، އިޙުތިރާމާއެކު މަރުޙަބާ ކިޔައި، ޚިދުމަތްތެރި ގޮތެއްގައި ޚިދުމަތް ދިނުން. 3- ޑޮކްޓަރ ޑިއުޓީއަށް ދުރުވުމުގެ ކުރިން ކޮންސަލްޓޭޝަންރޫމުގެ އިންވެންޓްރީ ޗެކްކޮށް، މަދުވާ ތަކެތި ހަމަކުރުން. 4- ބަލިމީހާގެ އެންމެހައި ވާހަކަތަކަށް އަމާނާތްތެރިވެ، އެވާހަކަތަކަކީ އަމިއްލަ ސިއްރެއްގެ ގޮތުގައި ދެކި އިތުބާރު ދެމެހެއްޓުން. 5- ޑެއިލީ ސަރވޭލަންސް އަދި ވީކްލީ ސަރވޭލަންސް ރިޕޯޓަށް އޯ.ޕީ.ޑީން ބޭނުންވާ މަޢުލޫމާތު ނަގައި ހެލްތު ޕްރޮމޯޝަން ސެކްޝަނުން ބޭނުންވުމުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން. 6- ޞިއްޙީމަރުކަޒުގައި ޤާއިމު ކުރެވިފައިވާ "ހޮސްޕިޓަލް އިންފޮމޭޝަން ސިސްޓަމް" HIS ސިސްޓަމަށް ދުވަހުން ދުވަހަށް އެންޓަރ ކުރަންޖެހޭ ޑޭޓާ ދުވަހުން ދުވަހަށް އެންޓަރ ކުރަމުން ގެންދިއުން. 7- ޞިއްޙީމަރުކަޒަށް އަންނަ ބަލިމީހުންގެ އައި.ސީ.ޑީ ކޯޑު ދުވަހުން ދުވަހަށް އެންޓަރކޮށް ނިންމުން. 8- ބަލިމީހުންގެ ސިއްރުތައް ހިފެހެއްޓުން. 9- އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް ބޭނުންވާ ބިލްތަކާއި އިންވޮއިސްތައް ގަވާއިދުން ހެދުން. |
|
ޝަރުތު: |
1. ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއީމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިން އެންޑް ޑިވޮލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވޮލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ: 2. ސާނަވި އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: |
|
|
ޢިނާޔަތްތައް: |
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
ސުންގަޑި: |
- މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުމުގެ އެންމެފަހުގެ ތާރީޚަކީ 2016 އޮގަސްޓު 22 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މި ޞިއްޙީމަރުކަޒުގެ އިދާރީ ސެކްޝަނަށް. އަދި މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބަލައެއްނުގަނެވޭނެއެވެ. - ދެންނެވިފައިވާ މުއްދަތުގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ. |
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
- މި މަޤާމަށް ކުރަތިލާ މީހުންނާއި އިންޓަރވިއުކުރުން އޮންނާނީ މި ޞިއްޙީމަރުކަޒުގައެވެ. - މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ ސެޕްޓެންބަރުމަހުގެ ތެރޭގައެވެ. - މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6660859 އެވެ. |