ކުއްޔަށް ހިފުން
ނަންބަރު: GS62/I/2016/34
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 05 ސެޕްޓެންބަރު 2016 10:00
މަރަދޫ ސްކޫލް
ދިވެހިރާއްޖެ
1 ކޮޓަރި ކުއްޔަށް ހިފުމާބެހޭ

އިޢުލާން

މި ސްކޫލަށް 02 އަހަރުދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރާ ގެއަކީ ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކަމުގައި ވާންވާނެއެވެ.

  • 1 ކޮޓަރި (އެޓޭޗްޑް ފާޚާނާ) އާއި، ކައްކައި ކައިބޮއި ހަދާނެ ތަނެއް ހުރުން.
  • ގޭގައި އެކުލެވިގެންވާ ހުރިހާ ތަނަކާއި، ފާޚާނާތަކުގައި ތަށިމުށިޖަހައި ސީލިންގކޮށްފައިހުރުން.
  • ކައްކައި ކައިބޮއި ހަދާ ތަން ފެންވައިރުކޮށް ސިންކު ހަރުކޮށް، ބަދިގޭގައި ބޭނުންކުރާ ހިފާގެންގުޅޭ ތަކެއްޗާއި، ކައިބޮއި ހަދާ ތަނުގައި އެކަމަށް ބޭނުންކުރާ ގޮނޑި މޭޒު ހުރުން.
  • ޞިއްޙީގޮތުން ރަނގަޅު ސާފުބޯފެން (ވާރޭފެން) ލިބޭނެގޮތް ހުރުން.

ވީމާ، ބަޔާންކުރެވުނު ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކުއްޔަށް ދޫކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2016 އޮގަސްޓު 25 ވަނަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 5 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.

14 އޮގަސްޓް 2016