ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)1-FA(B)/1/2016/37
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 17 އޮގަސްޓް 2016 00:00
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ ފުލޯރ މެޓް، މި އޮފީހަށް ގެނެސްދެއްވާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އޮފީހަށް ފުލޯރ މެޓް، ގަންނަން ބޭނުންވެއްޖެ

މި އޮފީހަށް ބޭނުންވާ ފުލޯރ މެޓް، މި އޮފީހަށް ގެނެސްދެއްވާނެ ފަރާތެއް ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު (IUL)1-FA(B)/1/2016/34 (7 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން، އެއްވެސްފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 އޮގަސްޓު 17 ވާ ބުދަ ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 21 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

11 ޛުލްޤަޢިދާ 1437

14 އޮގަސްޓް 2016