މަސައްކަތް
ނަންބަރު: MCIF/IUL/2016/11
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 24 އޮގަސްޓް 2016 14:00
މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
މަޖައްލާއެއް ފަރުމާކޮށް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މަޖައްލާއެއް ފަރުމާކޮށް ޗާޕުކޮށްދެވޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

މިކުންފުނީގެ ފަރާތުން ނެރުމަށް ހަމަޖެހިފައިވާ މަޖައްލާއެއް ފަރުމާކޮށް، ޗާޕުކޮށްދެވޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިގޮތުން، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބިޑް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބިޑް ކާމިޔާބުކުރާ ފަރާތާއެކު ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރެވޭނެއެވެ.

މަޖައްލާގެ ފުރަތަމަ ކޮޕީގެ މަޢުލޫމާތުތައް:

  • މަޖައްލާގެ ކޮޕީގެ އަދަދު: 200
  • މަޖައްލާގެ ޞަޕުޙާގެ އަދަދު: ބޭރުގަނޑާއެކު ޖުމްލަ 40 ޞަފުޙާ (ކުލަކޮށް)
  • ސައިޒް: އާންމުކޮށް ހުންނަ ސައިޒް (ސްޓޭންޑަރޑް)
  • ބައިންޑިންގ: ޕަރފެކްޓް ބައިންޑިންގ ނުވަތަ ސެޑްލް ސްޓިޗް
  • ބަސް: އިނގިރޭސިބަހުން (އެހެން ބަސްބަހުން ބައެއް ބައިތައް ހިމެނޭގޮތަށް)
  • ކަރުދާސް: ގްލޮސް ނުވަތަ މެޓް؛
  • ކުންފުނީގެ އޮޑިޓޯރިއަލް ޓީމުގެ ފަރާތުން މަޖައްލާގައި ހިމަނަންޖެހޭ މަޢުލޫމާތު ލިބުމުން ލޭއައުޓާއި ޑިޒައިންގެ މަސައްކަތްކުރުން.
  • މަޖައްލާ ޗާޕުކުރާނީ ކުންފުނީގެ އޮޑިޓޯރިއަލް ޓީމުން ފަހުގެ ލޭއައުޓްގައި ސޮއި ކުރުމަށްފަހުގައެވެ. 

އަގު ހުށަހަޅުއްވާއިރު ހިމަނަންޖެހޭ ބައިތައް:

  • ފަރުމާއާއި އުފެއްދުންތެރި ޚިޔާލަށް އަބަދުވެސް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި ބަދަލު ގެނެވޭގޮތަށް، ހައި ރިޒޮލިއުޝަން ސްކޭން، ބައިންޑް އަދި ޑެލިވަރީ ޗާރޖަސް ހިމަނައިގެން އަގު ހެދުމަށް.

ބިޑް ހުށަހެޅުން:

  • ބިޑް ހުށަހެޅުން އޮންނާނީ 2016 އޮގަސްޓު 24 ވާ ބުދަދުވަހުގެ 14:00 ގައި މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑް، މ.ސަކައިމޫ 3 ވަނަ ފަންގިފިލާގެ ކޮންފަރެންސްރޫމުގައެވެ. ބިޑާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.

ބިޑާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ކުންފުނީގެ ޕްރޮފައިލް/ މަސައްކަތުގެ ތަޖުރިބާ
  • އަންދާސީހިސާބު
  • ސާމްޕަލް ލޭއައުޓް

މާކްސް ދިނުމުގައި ބެލޭނީ ތިރީގައިވާ ކަންކަމަށެވެ.

  • މަސައްކަތުގެ ތަޖުރިބާ: %40
  • އަގު: %60

ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑް

އެޑްރެސް: މ.ސަކައިމޫ (މޫކައި ސުއިޓްސް)، ހަވީރީހިނގުން / 3ވަނަ ފަންގިފިލާ

ފޯން: 3300023

އީމެއިލް އެޑްރެސް: [email protected]

14 އޮގަސްޓް 2016