ދިވެހިރާއްޖެ
މި އޮތޯރިޓީއަށް ތިރީގައި މިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.
މަޤާމު: |
ސީނިއަރ އޮފިސަރ (އޮފިސަރ، SO1) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މީރާ ވޭމަންޑޫ ކަލެކްޝަން ސެންޓަރ / ތ. ވޭމަންޑޫ |
އަސާސީ މުސާރަ: |
މަހަކު -/7,000 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/150 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/125 ރުފިޔާގެ ރޭޓުން ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/65 ރުފިޔާގެ ރޭޓުން |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
- ޓެކްސް ބަޔާންތައް ބަލައިގަނެ ޕްރޮސެސްކުރުން - އާންމުންނަށާއި ވިޔަފާރިކުރާ ފަރާތްތަކަށް ޓެކުހާބެހޭ މައުލޫމާތު ދިނުމުގެ ސެމިނާތަކާއި ތަމްރީނު ޕްރޮގްރާމުތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށް އެހީތެރިވެދިނުން. - ޓެކްސް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުން - ޓެކްސް ދައްކަންޖެހޭ އެންމެހައި ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުން - ފީލްޑް އޮޑިޓް އަދި ޑެސްކް އޮޑިޓް ކުރުން |
ޝަރުޠު: - އެކައުންޓިންގ ނުވަތަ ފައިނޭންސްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން |
|
މަޤާމު: |
އޮފިސަރ ޓްރޭނީ (އޮފިސަރ، AOT) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މީރާ ވޭމަންޑޫ ކަލެކްޝަން ސެންޓަރ / ތ. ވޭމަންޑޫ |
އަސާސީ މުސާރަ: |
މަހަކު -/4,000 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/100 ރުފިޔާގެ ރޭޓުން ލިވިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/75 ރުފިޔާގެ ރޭޓުން އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/45 ރުފިޔާގެ ރޭޓުން |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
- ޓެކްސް ބަޔާންތައް ބަލައިގަނެ ޕްރޮސެސްކުރުން - އާންމުންނަށާއި ވިޔަފާރިކުރާ ފަރާތްތަކަށް ޓެކުހާބެހޭ މައުލޫމާތު ދިނުމުގެ ސެމިނާތަކާއި ތަމްރީނު ޕްރޮގްރާމުތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުމަށް އެހީތެރިވެދިނުން - ޓެކްސް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުން - ޓެކްސް ދައްކަންޖެހޭ އެންމެހައި ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުން - ފީލްޑް އޮޑިޓް އަދި ޑެސްކް އޮޑިޓް ކުރުން |
ޝަރުޠު: އޭލެވެލް (އޭލެވެލް ނަތީޖާ ލިބިފައި ނުވާނަމަ، އެޑްވާންސް ސަބްސިޑިއަރީ) 1 މާއްދާއިން 'ސީ' ފާސް އަދި އޯލެވެލް 'އިނގިރޭސި' އަދި އެސް.އެސް.ސީ އިމްތިހާނުގެ 'ދިވެހި' މި ދެ މާއްދާއާއެކު 5 މާއްދާއިން 'ސީ' ފާސް ލިބިފައިވުން (މި ފާސްތަކަކީ އެކައުންޓިންގ ހިމެނޭގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން ލިބިފައިވާ ފާސްތަކެއް ކަމުގައިވުން) * އެޑްވާންސް ސަބްސިޑިއަރީ ހުށަހަޅާ ފަރާތްތައް ވަޒީފާއަށް ދާއިމީ ކުރެވޭނީ އޭލެވެލް ނަތީޖާ ހުށަހެޅުމުން އެ ނަތީޖާއަށް ބަލާފައެވެ. |
އެހެނިހެން ޝަރުޠުތައް
-
މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި، މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާ މަސްލަހަތު ފުށުއަރާ ފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
-
ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
-
ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
-
އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
-
ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
-
ވަޒީފާގައި މަދުވެގެން 2 އަހަރުދުވަހު ދެމިހުންނާނެ ކަމަށް އިގުރާރުވުން.
މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
-
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
-
ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
-
ކަރިކިއުލަމް ވިޓާ (ސީވީ)
-
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))
ނޯޓު:
- މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ކުށުގެ އެއްވެސް ރިކޯޑެއް ނުވާނަމައެވެ.
މި މަޤާމުތަކަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 25 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ތ.އަތޮޅުގައި ނަމަ: ތ. އަތޮޅު ކައުންސިލްގެ އިދާރާ – 17:00 ގެ ކުރިން
މާލޭގައި ނަމަ: މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ – 17:00 ގެ ކުރިން
ފޯން: 1415، ފެކްސް: 3316577
އީމެއިލް: [email protected] ވެބްސައިޓް: www.mira.gov.mv
08 ޛުލްޤަޢިދާ 1437