ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2016 | 047
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 16:10
ސުންގަޑި: 17 އޮގަސްޓް 2016 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފާމަސިސްޓް - މެޑިކަލް

މަޤާމު: ފާމަސިސްޓް

ޑިޕާޓްމަންޓް: މެޑިކަލް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލް ކެންސަރު ސެންޓަރ

ތަޢުލީމާ ތަޖުރިބާ:

  • ޑިޕްލޮމާ އިން ފާމަސީ (މަދުވެގެން 2 އަހަރުދުވަހުގެ) ކޯހެއް ފުރިހަމަކޮށްފައިވުން.
  • މޯލްޑިވްސް އެލައިޑް ހެލްތުު ކައުންސިލްގައި ރަޖިސްޓަރީވެފައިވުން
  • ޕްރެކްޓިސިންގ ލައިސަންސެއް އޮތުން
  • މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ބޭސް ދޫކުރުމަށް ރަޖިސްޓަރީވެ އައި.ޑީ ކާޑު ހަދާފައި އޮތުން
  • މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން
  • މީހުންނާ މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވުން
  • މަދުވެގެން 1 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހުންނަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ހުޅުމާލެ ހޮސްޕިޓަލް ކެންސަރު ސެންޓަރުގައި ފަރުވާ ނަގާ ބަލިމީހުންގެ ބޭސްތައް ތައްޔާރުކުރުން
  • ހުޅުމާލެ ހޮސްޕިޓަލް ކެންސަރު ސެންޓަރުގައި ފަރުވާ ނަގާ ބަލިމީހުންގެ ބޭސްތަކުގެ ރެކޯޑު ބެލެހެއްޓުން
  • ބަލިމީހާއަށް ދެވޭ ބޭހަކީ އެންމެ ރަނގަޅު ބޭސްތޯ ބަލައި، ޓީމުގައި މަސައްކަތްކުރާ އެހެނިހެން މެމްބަރުންނާ އެއްކޮށް މަސައްކަތް ކުރުން
  • ކެންސަރު ބަލީގެ މީހުންނަށް ދެވޭ ފަރުވާގެ ފެންވަރު ހިފެހެއްޓުމާއި ބަލިމީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަސަކަތްކުރުން
  • ބަލިމީހާއާއި، ބަލިމީހުންގެ އެހީތެރިންނާއި، ކެންސަރު ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކެންސަރު ބޭހާބެހޭ މަޢުލޫމާތު ދިނުން
  • ފަރުވާއަށް ބޭސް ތައްޔާރުކުރާއިރު އަމިއްލައަށް ރައްކާތެރިވުމާއި، ސެންޓަރުގައި މަސައްކަތްކުރާ އެހެނިހެން މުވައްޒަފުން ރައްކާތެރިކުރުމާއި، ބަލިމީހާއަށް ބޭނުންވާ ފަރުވާތައް ދެނެގަތުން

މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން 

ކުރިމަތިލުމުގެ ސުންގަޑި: 2016 އޮގަސްޓު 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން

މި މަޤާމަށް ހޮވޭ ބޭފުޅުން އިންޑިއާގެ ބެންގަލޯރުގެ މަނިޕާލް ހޮސްޕިޓަލުގައި 3 މަސްދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމަކަށް ފޮނުވޭނެއެވެ.

އަދި މި މުއްދަތުގައި އެ ހޮސްޕިޓަލުގައި މަސައްކަތްކުރަން ޖެހޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • މޯލްޑިވްސް އެލައިޑް ހެލްތުު ކައުންސިލްގައި ރަޖިސްޓަރީވެފައިވުމުގެ ކޮޕީ
  • މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ބޭސް ދޫކުރުމަށް ރަޖިސްޓަރީކޮށްފައިވާ އައި.ޑީ ކާޑުގެ ކޮޕީ
  • ޕްރެކްޓިސިންގ ލައިސަންސްގެ ކޮޕީ

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

11 އޮގަސްޓް 2016