މަސައްކަތް
ނަންބަރު: MMS-A/2016/36
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 10:53
ސުންގަޑި: 21 އޮގަސްޓް 2016 13:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ގޮނޑި މަރާމާތުކުރާނެ ފަރާތެެއް ހޯދަން

އިޢުލާން

ގޮނޑި މަރާމާތުކުރާނެ ފަރާތެެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ސަރވިސްގެ ގޮނޑިތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ފުރަތަމަ ނަންބަރު MMS-A/2015/32 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ހަލާކުވެފައިހުރި 15 ގޮނޑި (އަތްގަނޑުލީ) މަރާމާތުކުރަން ބޭނުންވެއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 21 ވާ ހޯމަދުވަހުގެ މެންދުރުފަހުގެ 1:00 އަށް ހުޅުލޭގައި ހުންނަ މި ސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގޮނޑި މަރާމާތުކުރުމާ ބެހޭ މަޢުލޫމާތުޝީޓު

  • މަރާމާތުކުރަން ޖެހޭ ގޮނޑީގެ އަދަދު: 15
  • ކުރަންޖެހޭ މަސައްކަތް: ގޮނޑީގެ ލެދަރބައި ބަދަލުކުރުން
  • މަރާމާތުކުރަންޖެހޭ ގޮނޑިތައް ގެންދިއުމާއި ހުޅުލެއަށް ގެނަސް މި ސަރވިސް ހަވާލުކުރުން.

އަންދާސީހިސާބު ހުށަހެޅުއްވުގައި ސަމާލުކަންދޭންވީ ކަންތައްތައް:                   

  • ތަކެތި ގެނައުމާއި ގެންދިއުމަށް ނަގާ އަގު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
  • އަންދާސީހިސާބުގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.
  • ޑެލިވަރީ ކޮށްދެވޭނެ މުއްދަތު އަންދާސީހިސާބުގައި ހިމަނަންވާނެއެވެ.
  • ތައްޔާރުކުރާ އަންދާސީހިސާބަށް 02 މަސްދުވަހުގެ ވެލިޑިޓީއެއް ދެއްވަންވާނެއެވެ.
  • މިކަމަށް ހޮވޭ ފަރާތުން މަރާމާތުކުރުމަށް ހަވާލުކުރެވޭ ގޮނޑިތައް މަރާމާތުކޮށްގެން މި ސަރވިސްއާ ހަވާލުކުރުމަށް ގެނައުމުގެ ތެރޭގައި އެއިން އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމެއް އެއްވެސް އަގަކާ ނުލައި މަރާމާތުކޮށްދޭންވާނެއެވެ.
  • އަންދާސީހިސާބާއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަންވާނެއެވެ.

- ކުންފުނީގެ ޕްރޮފައިލް

- ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ތަފުސީލު

- ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ

- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ

  • ދެވިފައިވާ މަޢުލޫމާތާ ބެހޭގޮތުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތެއް އޮތްނަމަ، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
  • ގޮނޑިތައް ބައްލަވާލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 15 އޮގަސްޓު 2016 ގެ 1:00 އަށް ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެންދެއްވުން އެދެމެވެ.

ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

ތަފުސީލު

ޕޮއިންޓް

  1. ހުށަހަޅާފައިވާ އަގު:

70

  1. މުއްދަތު:

10

  1. ތަޖުރިބާ:

10

  1. ވޮރަންޓީ:

10

ހުށަހެޅޭ އަންދާސީހިސާބެއް ބާޠިލު (ޑިސްކޮލިފައި) ކުރެވޭނެ ގޮތްތައް:  

  1. ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
  2. ހުށަހަޅާ އަންދާސީހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކަށް އަގު ހުށަހެޅިފައި ނެތުން.
  3. އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  4. އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވުން.
  5. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކްލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.

8 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016