ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-CA/1/2016/9
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 17:18
ސުންގަޑި: 18 އޮގަސްޓް 2016 13:30
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި ކޮމިޝަންގެ މަޤާމުތަކަށް މީހުން ހޯދުމަށް 23 ޖުލައި 2016 ގައި ކޮށްފައިވާ ނަންބަރު (IUL)168-CA/1/2016/8 އިޢުލާން ބާޠިލުކޮށް، އަލުން އެމަޤާމުތަކަށް އިޢުލާން ކުރީމެވެ.

މަޤާމު

ބޭނުންވާ އަދަދު

ޝަރުޠު

މަސައްކަތްކުރަންޖެހޭ ރަސްމީ ގަޑި

މުސާރަ

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

ސީނިއަރ އިންވެސްޓިގޭޝަންް އޮފިސަރ

1

މަސައްކަތާގުޅޭ ދާއިރާއިން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ  ސަނަދު ހާސިލު ކޮށްފައިވުން. އަދި މަޤާމާގުޅޭ ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް %90 މާކްސް ލިބިފައިވުން.

ހެނދުނު 8:00 އިން 15:00 އަށް،

މަހަކު -/11,550 ރުފިޔާ

  • ޑިރެކްޓަރުގެ ލަފާގެމަތިން ޑިޕާޓްމަންޓުގެ މަސައްކަތްތައް ރާވައި ހިންގުން.
  • ހުށަހެޅޭ މައްސަލަތައް ޑިރެކްޓަރުގެ ލަފާގެ މަތިން ތަޙުޤީޤުކޮށް ބެލުން.
  • އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުންނާއި ތަރައްޤީ ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ ލަފާގެ މަތިން ކުރުން.
  • ތަޙުޤީޤުތަކާ ގުޅިގެން ކުރަންޖެހޭ އެކިއެކި ދިރާސާތައް ކުރުމުގައި ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، ރިޕޯޓް ތައްޔާރުކުރުން.
  • ކޮމިޝަނުން ބޭނުންވާ ޙާލަތެއްގައި ހުށަހަޅަންޖެހޭ ދިރާސާ ރިޕޯޓް، ތަފާސްހިސާބު އަދި އެނޫންވެސް ލިޔުން ތައްޔާރުކުރުން

އިންވެސްޓިގޭޝަން އޮފިސަރ

2 މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ  ސަނަދު ހާސިލު ކޮށްފައިވުން. އަދި މަޤާމާގުޅޭ ދާއިރާއަކުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލުކޮށްފައި ވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ކޮމިޝަނުގެ އެސިސްޓެންޓް އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް، އެވަރޭޖް %90 މާކްސް ލިބިފައިވުން. ހެނދުނު 8:00 އިން 15:00 އަށް،  

މަހަކު -/10,550 ރުފިޔާ

 
  • ހުށަހެޅޭ މައްސަލަތައް ޑިރެކްޓަރުގެ ލަފާގެ މަތިން ތަޙުޤީޤުކޮށް ބެލުން.
  • ތަޙުޤީޤުތަކާ ގުޅިގެން ކުރަންޖެހޭ އެކިއެކި ދިރާސާތައް ކުރުމުގައި ހޯދަންޖެހޭ މަޢުލޫމާތު ހޯދުން.
  • ކޮމިޝަންގެ ޓޯލްފްރީ ފޯނަށް އަންނަ ކޯލްތަކަށް ޖަވާބުދިނުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ

1 މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލު ކޮށްފައިވުން. ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު ހާސިލުކޮށްފައި ވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ކޮމިޝަންގެ ސެކްރެޓަރީގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް، އެވަރޭޖް %90 މާކްސް ލިބިފައިވުން. ހެނދުނު 8:00 އިން 15:00 އަށް، މަހަކު -/9,550 ރުފިޔާ 
  • އިންސާނީ ޙައްޤެއް ގެއްލިގެން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކުރުން.
  • ތަޙުޤީޤުތަކާ ގުޅިގެން ކުރަންޖެހޭ އެކިއެކި ދިރާސާތައް ކުރުމުގައި ހޯދަންޖެހޭ މަޢުލޫމާތު ހޯދުން.
  • ކޮމިޝަންގެ ޓޯލްފްރީ ފޯނަށް އަންނަ ކޯލްތަކަށް ޖަވާބުދިނުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

ނޯޓް: ފުރަތަމަ 3 މަސްދުވަހުގެ ޕްރޮބޭޝަނަށްފަހު ވަޒީފާ ދާއިމީވުމުން، މުސާރައިގެ އިތުރުން ކޮންމެ މަހަކު ލިވިންގ އެލަވަންސްގެ ގޮތުގައި -/3,000 ރުފިޔާ، އަދި ސަރވިސް އެލަވަންސްގެ ގޮތުގައި -/3500 ރުފިޔާ، ކަނޑައެޅިފައިވާ އުސޫލުން ލިބޭނެއެވެ. މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މިމަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ކުރިމަތިލާކަމުގައިވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން ޕީރިއެޑް ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި: ވަޒީފާއަށް އެދި ފޮނުވާ ސިޓީ، މިކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި މި ކޮމިޝަނުގެ ވެބްސައިޓް www.hrcm.org.mv އިން ލިބެން ހުންނާއެވެ.) ވަނަވަރު، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި)، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި އަދާކުރަމުންދާ/ އަދާކުރި ވަޒީފާތަކާއި މަޤާމުތަކުގައި ހޭދަވީ މުއްދަތު އެނގޭނެ ލިޔުންތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.

މިމަޤާމުގެ އިންޓަރވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެންޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެ އިތުރަށް ކުރިމަތިލައްވައިފިނަމަ، ޝޯޓްލިސްޓު ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަރވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓުގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ. 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދެވޭނީ އިންޓަރވިއުއަށްފަހުގައެވެ.

މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތެއްނަމަ، މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓަރީން ވަކިވާންވާނެއެވެ.

ސުންގަޑި: 2016 އޮގަސްޓު 18 ވާ ބުރާސްފަތިދުވަހުގެ 13:30 ގެ ކުރިން. (ވަޒީފާއަށް އެދި ފޮނުއްވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ, 3003122 ، 3003152 ނަންބަރުގެ ފޯނަށެވެ.

7 ޛުލްޤަޢިދާ 1437

10 އޮގަސްޓް 2016