މަސައްކަތް
ނަންބަރު: (IUL)438-ICTU/438/2016/198
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 16:56
ސުންގަޑި: 22 އޮގަސްޓް 2016 09:30
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސްޓޯރޭޖް އޭރިއާ ނެޓްވޯކް (SAN) ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލްކޮށް، ކޮންފިގަރ ކޮއްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މިނިސްޓްރީއަށް ސްޓޯރޭޖް އޭރިއާ ނެޓްވޯކް (SAN) ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލްކޮށް، ކޮންފިގަރ ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މިނިސްޓްރީން 14 ޖުލައި 2016 ގައި ކޮށްފައިވާ ނަންބަރު  (IUL)438-ICTU/438/2016/178 ޢިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް މި މަސައްކަތަށް އެކަށީގެންވާ ވަރަށްވުރެ ބޮޑު ކަމަށް ފެންނާތީ އެ ބިޑުތައް ބާޠިލުކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަސައްކަތާ ގުޅޭ "ޓާރމްސް އޮފް ރެފަރެންސް" މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެނަރޖީގެ ވެބްސައިޓް، www.environment.gov.mv އިން ޑައުންލޯޑް ކުރައްވަން ލިބިވަޑައިގަންނަވާނެއެވެ.                   

ހުށަހަޅަންވީ ތަކެތި

  • މި މިނިސްޓްރީއަށް ސްޓޯރޭޖް އޭރިއާ ނެޓްވޯކް (SAN) ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލްކޮށް، ކޮންފިގަރ ކޮއްދެވޭނެ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • ސްޓޯރޭޖް އޭރިއާ ނެޓްވޯކް (SAN) ސިސްޓަމް ސަޕްލައިކޮށް، އިންސްޓޯލްކޮށް، ކޮންފިގަރ ކޮށްދިނުމަށް ނަގާނެ މުއްދަތު
  • ޓެކްނިކަލް ސްޕެސިފިކޭޝަން (ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމަނައިގެން)
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

ބިޑު ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 22 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 ގައި މިނިސްޓްރީ އޮފް  އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިމަސައްކަތަށް ބީލަން ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ސިޓީއުރާއިގެ ބޭރުގައި ތިރީގައިވާގޮތަށް ޖެއްސެވުން އެދެމެވެ.

"ސްޓޯރޭޖް އޭރިއާ ނެޓްވޯކް (SAN) ސިސްޓަމެއް ސަޕްލައިކޮށް، އިންސްޓޯލްކޮށް ކޮންފިގަރ ކުރުމާބެހޭ އިޢުލާނު ނަންބަރު:  (IUL)438-ICTU/438/2016/178 "

އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިއުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ،

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، 20392،

ދިވެހިރާއްޖެ.

މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭގޮތުގެ ތަފުސީލު

އަގަށް:  60 ޕޮއިންޓު   

މުއްދަތު: 20 ޕޮއިންޓު

ތަޖުރިބާ: 20 ޕޮއިންޓް

  • މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

ނޯޓު:

  • އަންދާސީހިސާބު ހުށަހަޅުއްވާއިރު ޖުމްލަ އަގުގެ ގޮތުގައި އެއް އަގަށްވުރެ ގިނަ އަގު ހުށަހަޅުއްވައިފިނަމަ އެފަރާތެއްގެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
11 އޮގަސްޓް 2016