ދިވެހިރާއްޖެ
އިޢުލާން
މި ޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ވަގުތީ މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު |
އެގްޒެމިނަރ ( ކޮންޓްރެކްޓް ) |
||||
ބޭނުންވާ އަދަދު |
ޢަރަބި 1 |
||||
އުޖޫރަ: |
-/5,000 ރުފިޔާ |
||||
މުއްދަތު: |
2016 އޮގަސްޓު 23 ން ސެޕްޓެންބަރު 7 އަށް |
||||
އަސާސީ ޝަރުޠު: |
|
||||
މަޤާމުގެ މަސްއޫލިއްޔަތު: |
|
ވަޒީފާއަށް އެންމެ ޤާބިލު މީހެއް ހޮވުމަށް ބަލާނޭ ކަންކަން - ޕޭޕަރ ސެޓިންގގެ މަސައްކަތަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓުފިކެޓުތަކަށާއި މަސައްކަތުގެ ޢަމަލީ ތަޖުރިބާއަށް ބަލައިގެން، ޕޮއިންޓް ދޭ އުސޫލުން، އެންމެމަތިން މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދަށެވެ. - ދެފަރާތެއްގެ މާކްސް ހަމަހަމަވެއްޖެނަމަ، އޭގެތެރެއިން ވަކިމީހަކު ކަނޑައަޅާނީ އިންޓަރވިއު ކޮށްގެންނެވެ. |
އިންޓަރވިއު ކުރުން: މި މަޤާމުތަކަށް މީހުން ހޮވުމަށް އިންޓަރވިއު ކޮށް، ލިޔުމުން ޖަވާބުދާރީ ކުރުވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ www.dpe.edu.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
ށ- ތައުލީމީ ސަނަދުތަކުގެ ނަކަލު (އެކްރެޑިޓް ކޮށްފައިވާ ކޮޕީ)
ނ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
ރ- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލު (ލިޔުންތައް ސާފުކޮށް އެނގެން އޮތް)
ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 13:00
08 ޛުލްޤަޢިދާ 1437