މަސައްކަތް
ނަންބަރު: (IUL) 138-CS1/138/2016/102
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 31 އޮގަސްޓް 2016 00:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހދ. ކުޅުދުއްފުށީގައި ހިންގުމަށް ހަމަޖެހިފައިވާ ދެ މަޝްރޫޢަކަށް ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ ދެއްވާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ތިރީގައި ދަންނަވާފައިވާ ދެ މަޝްރޫޢަށް ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ ދެއްވާނެ ފަރާތެއް ހޯދަން ވަނީ ބޭނުންވެފައެވެ.

މަޝްރޫޢުގެ ނަން

އަތޮޅާއި ރަށް

މަޝްރޫޢުގެ ވެރި ފަރާތް

3 ބުރީގެ ކްލާސްރޫމް ބްލޮކާއި އޮޑިޓޯރިއަމް

ހދ.ކުޅުދުއްފުށި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ހދ.ކުޅުދުއްފުށީ ލޯކަލް މާރުކޭޓް

ހދ.ކުޅުދުއްފުށި

މިނިސްޓްރީ އޮފް ހޯމް އެފެއާރޒް

ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތާވަލުގައިވާ ގޮތުގެ މަތީން މި އޮފީހަށް އަންދާސީހިސާބު ހުށަހަޅުއްވައި ދެއްވުން އެދެމެވެ.

ތާރީޚު

ވަގުތު

ތަފުސީލު

24/08/2016 ބުދަ

09:00- 13:00

މަޢުލޫމާތު ޝީޓް ދޫކުރުން (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރކްޗަރގެ ކައުންޓަރުން)

31/08/2016 ބުދަ

11:00

އަންދާސީހިސާބު ހުށަހެޅުއްވުން

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދޭގޮތަށް ހަމަޖެހިފައިނުވާ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ. 

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ

މާފަންނު، އަމީނީމަގު، މާލެ، ދިވެހިރާއްޖެ.

06 ޛުލްޤަޢިދާ 1437

11 އޮގަސްޓް 2016