ނީލަން
ނަންބަރު: (IUL)241-A/241/2016/38
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 25 އޮގަސްޓް 2016 13:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓޫ ސްޓްރޯކް، ޔަމަހާ 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް

އިޢުލާން

ޔަމަހާ ޓޫ ސްޓްރޯކް 200 ހޯސްޕަރުގެ 2 އިންޖީނު ވިއްކާލުމާ ބެހޭ:

މި އިދާރާގެ ލިލީ ލާންޗުގައި ބޭނުންކޮށް ނަގާފައިވާ ޓޫ ސްޓްރޯކް ޔަމަހާ 2 އިންޖީނު ސިޓީލައި ނީލަމުގައި ވިއްކާލަން ބޭނުވެއެވެ.

ވީމާ، މި އިންޖީނުތައް ސިޓީލައި ނީލަމުގައި ގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 14 ވާ އާދީއްތަދުވަހުން ފެށިގެން އެބޭފުޅަކު ބޭނުންވާ އަގެއް ޖަހައި މި އިދާރާއަށް ސިޓީ ފޮނުވަމުން ގެންދެވުން އެދެމެވެ. ކޮންމެ ދުވަހަކު ހުށަހެޅޭ އެންމެ މަތީއަގެއް ޖެހިގެން އަންނަ ދުވަހު މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކޮށް ފެންނާނެގޮތަށް އިޢުލާނުކުރެވޭނެއެވެ. ނީލަން ނިންމޭނެ ދުވަހަކީ 2016 އޮގަސްޓު 25 ވާ ބުރާސްފަތިދުވަހުގެ 13:00 ގައެވެ.

ނީލަން ފެށޭނެ އަގަކީ 2 އިންޖީނު -/6000 (ހަހާސް) ރުފިޔާއަށެވެ. ކަނޑައެޅިފައިވާ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑައަގަކީ -/500 (ފަސްސަތޭކަ) ރުފިޔާއެވެ.

މިހެންވެ، މިކަން އާންމުކޮށް އިޢުލާންކުރީމެވެ.

11 އޮގަސްޓް 2016