ކުއްޔަށް ދިނުން
ނަންބަރު: (IUL)335-AS/335/2016/57
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2016
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި: 22 އޮގަސްޓް 2016 13:30
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރކ ކޮމިޓީގެ ބޭނުމަށް ދޫކުރެވިފައިވާ ބިން ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރުމަށް

އިޢުލާން

ކުރީގެ ރކ. ކޮމިޓީގެ ބޭނުމަށް ދޫކުރެވިފައިވާ ބިން ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި ބިން ތަރައްޤީ ކުރުމަށްޓަކައި ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ކުއްޔަށް ހިފުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ތިރީގައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުއްވުން އެދެމެވެ.

ބިން ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ފަރާތް ނޫން އެހެން ފަރާތަކުން ފޯމު ގަންނަ ނަމަ، ފޯމު ހުށަހަޅާ ފަރާތުގެ ހުއްދަ ދިންކަމުގެ ލިޔުމެއް ހުށަހަޅުއްވަންވާނެއެވެ.

ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ 2016 އޮގަސްޓު 7 ވާ އާދީއްތަދުވަހުން ފެށިގެން 22 އޮގަސްޓު 2016 ވާ ހޯމަދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:30 އަށް މިއިދާރާއިންނެވެ. ފޯމެއްގެ އަގަކީ -/500ރ (ފަސްސަތޭކަ ރުފިޔާ) އެވެ.

ފޯމު ގަންނަ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 28 އޮގަސްޓު 2016 ވާ ހޯމަދުވަހުގެ 11:00 ގައި މި އިދާރާގައެވެ. ބިޑްފޯމު ހުށަހަޅަންޖެހޭ ސުންގަޑިއަކީ 31 އޮގަސްޓު 2016 ވާ ބުދަދުވަހުގެ މެންދުރު 12:00 އެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

27 ޝައްވާލް 1437

01 އޮގަސްޓް 2016